ބޮލީވުޑް

އަނަންޔާ އާއި އިޝާން ރުޅިވެއްޖެ

ބޮލީވުޑް ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރުގެ ތިން އަހަރުވީ ލޯބީގެ ގުޅުމަށް ނިމުން އަތުވެއްޖެ އެވެ.

ބޮލީވުޑް އެހެން ގިނަ ޖޯޑުތައް ފަދައިން އެމީހުންގެ ލޯބި ސިއްރުކުރާކަށް އަނަންޔާ އާއި އިޝާން މަސއްކަތް ކޮށްފައެއް ނުވެ އެވެ. އެކުގައި ޕާޓީތަކަށް ދިއުމާއި ޗުއްޓީ ހޭދަކުރަން ތަންތަނަށް ފާޅުގައި ގޮސް އުޅޭތީ އެމީހުންގެ ފޭނުންނަށް ވެސް އެމީހުންގެ ލޯތްބާ މެދު އެއްވެސް ޝައްކެއް ނޯވެ އެވެ.

ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އިޝާން އާއި އަނަންޔާގެ ގުޅުން ވަނީ ކެނޑިފަ އެވެ. މި ޚަބަރާއެކު މި ދެ ތަރިންގެ ފޭނުންގެ ހިތްތައް ވަނީ ހަލާކުވެފަ އެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި މި ދެ މީހުން ވަކިވާން ނިންމި ނިންމުމަކީ ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމި ނިންމުމެކެވެ. އަދި ލޯބީގެ ގުޅުން ކަނޑާލިޔަސް އާދައިގެ ރައްޓެހިންގެ ގޮތުގައި ދެމި ތިބުމަށް އެމީހުން އެއްބަސްވެފައިވާ ކަމަށް ވެއެވެ.

އަނަންޔާ އާއި އިޝާންގެ ލޯބި ފެށުނީ ދެ ތަރިން އެކުގައި ކުޅުނު "ޚާލީ ޕީލީ"ގެ ސެޓުންނެވެ. އޭގެ ފަހުން އިޝާންގެ ބޭބެ ޝާހިދު ކަޕޫރުގެ ގޭގައި އޮންނަ ޕާޓީތަކުން ވެސް އަނަންޔާ ވަރަށް ގިނައިން ފެނުނެވެ. ނަމަވެސް ކުއްލިއަކަށް ދެމީހުންވަކިވާން ދިމާވި ސަބަބެއް އަދި އެނގިފައިނުވާ ކަމަށް ނޫސްތަކުން ބުނެ އެވެ.