މާލޭ ސިޓީ ކައުންސިލް

މާލެސިޓީގެ ޑަބްލިއުޑީސީގެ އައު ރައީސަކަށް ޝިމާޒާ

Apr 5, 2022

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއަކަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ އިންތިހާބު ކޮށްފި އެވެ.

ޝިމާޒާ އެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ކުރީން އެ މަގާމުގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ ފާތިމަތު ޝިފާ މާޗް 15 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އާ ރައީސާއަކު ހޮވުމަށް މިއަދު ބޭއްވުނު ވޯޓުގައެވެ.

މަރިޔަމް ޝިމާޒާ ރައީސާއަކަށް ހޮވިފައިވާއިރު މިއަދުގެ އިންތިހާބަށް އެމްޑީޕީގެ މެމްބަރު ރަޝީދާ ރަޝާދު ހޮވުމަށް އެ ޕާޓީން ވަނީ ތްރީ ލައިން ވިޕް ނެރެފައެވެ.

އަންހެނުންގެ ތަރައްގީއަަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއަކު ހޮވުމަށް ނެގި ވޯޓްގައި އެމްޑީޕީ މެމްބަރު ރަޝީދާއަށް ލިބުނީ ހަ ވޯޓެވެ. އަދާލަތު ޕާޓީގެ މެމްބަރު ޝިމާޒާއަށް ލިބިފައިވަނީ ނުވަ ވޯޓެވެ. އެއްވޯޓް ބާތިލް ވޯޓެވެ.

މިއަދުގެ ވޯޓުގައި ބައިވެރިވީ 17 މެންބަރުންނެވެ.