ލައިފްސްޓައިލް

ބްރެޒީލެއް މީހެއްގެ ނުވަ އަނބިން ތެރެއިން އެކަކު ވަރިވަނީ

ބްރެޒީލްގެ ފިރިހެން މޮޑެލް އެއްގެ ވާހަކަ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައީ އޭނާ ގިނަ އަދަދެއްގެ އަންހެނުންނާ އެއް ފަހަރާ ކައިވެނި ކޮށްގެންނެވެ. މިހާރު އަނެއްކާވެސް މި ފިރިހެންމީހާގެ ޚަބަރުތަކެއް ދަނީ ފެތުރެމުންނެވެ. މިހާރު ފެތުރެމުންދާ ޚަބަރަކީ މި މީހާގެ ނުވަ އަނބިންގެ ތެރެއިން އެކަކު ވަރިވާން އުޅޭ ޚަބަރެވެ.

އާތާ އޯ އުރްސޯ ނަމަކަށް ކިޔާ މި މޮޑެލް އެންމެ ކުރިން ކައިވެނިކުރީ ލުއާނާ ކަޒާކީ ނަމަކަށް ކިޔާ މީހަކާ އެވެ. މިދިޔަ އަހަރު ކުއްލިއަކަށް އިތުރު އަށް މީހުންނާ ކައިވެނިކުރަން އޭނާ ނިންމި ނިންމުމުން ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓުނީ އެވެ.

މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި އާތާ ވަނީ އަށް އަންހެނުންނާ އެއް ފަހަރާ ކައިވެނިކޮށްފަ އެވެ. މިއީ ކޮންމެ މީހެއްގެ ހުންނަން ޖެހޭނީ އެންމެ އަންބެއްކަމަށް ބުނާ މީހުންނާ ދެކޮޅަށް އިހްތިޖާޖްކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އާތާ ބުންޏެވެ.

ސައޮ ޕޯލޯގައި މިދިޔަ އަހަރު މި ކައިވެނީގެ ރަސްމިއްޔާތު ބާއްވަފައި ވީނަމަވެސް ބްރެޒީލްގެ ގާނޫނު ތަކާއި މި ކައިވެނިތައް ޚިލާފެވެ. އެހެންކަމުން މިއީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ހުރި ކައިވެނިތަކެއް ނޫނެވެ. ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން އާތާގެ ހުންނަނީ އެންމެ އަންބެކެވެ. އެއީ ލުއާނާ އެވެ.

އާތާގެ ނުވަ އަނބިންގެ ތެރެއިން އޭނާ އާ ވަކިވާން ބޭނުންވެގެން އުޅެނީ އަގާތާ އެވެ. އަގާތާ ބޭނުންވަނީ އާތާގެ ހަމައެކަނި އަނބިމީހާގެ ގޮތުގައި ހުންނާށެވެ. ނަމަވެސް އާތާއެއް ގޮތަކާ ގަބޫލެއް ނޫނެވެ.

އާތާ ބުނި ގޮތުގައި އަގާތާގެ އެ ވިސްނުން ގޯހެވެ. އަދި ބަހަނާއެއް ދައްކާފައި އޭނާއާ ވަކިވާން އަގާތާ އުޅޭތީ ވަރަށް ދެރަވެ އެވެ. އަދި އަގާތާ ދައްކާ ވާހަކަތަކާ އޭނާގެ ދެން ތިބި އަނބިން ވެސް ތިބީ ހިތްހަމަނުޖެހިފަ ކަމަށް އަގަސްތާ ބުންޏެވެ.