އައިލެންޑް އޭވިއޭޝަން

އައިއޭއެސް ފްލައިން ސްކޫލްގެ ބްރޭންޑިން ހަދައިދޭނެ ބަޔަކު ހޯދަނީ

Apr 6, 2022

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ހުޅުވަން ތައްޔާރުވާ ފްލައިން ސްކޫލްގެ ބްރޭންޑިން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ޗެކް ރިޕަބްލިކްގެ ކުންފުންޏެއް ކަމަށްވާ ފްލައިން އެކަޑަމީއާ ހަވާލުކޮށްގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވާ ފްލައިން ސްކޫލުގައި ބޭނުން ކުރަން ބޯޓު ގެނެސްފައިވާއިރު އެ ކުންފުނިން މިއަދު ވަނީ ބްރޭންޑިން ހަދައިދޭނެ ބަޔަކު ހޯދަން ފަށާފަ އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކޯޕަރޭޓް އައިޑެންޓިޓީ ހެދުމާއި ސްލޯގަން ހެދުން އަދި ހުރިހާ ޑޮކިއުމެންޓްތަކެއްގެ ޓެމްޕްލޭޓް ތައްޔާރު ކުރުމުގެ އިތުރުން ބޯޓުތައް ޕްރިންޓް ކުރުމާއި ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހެދުން ވެސް ހިމެނެ އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ބައެއް ބޯޓުތައް ގެނެސްފައިވާއިރު އައިއޭއެސް އިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވާ ގޮތުގައި އިތުރު ބޯޓުތައް ގެނައުން އޮތީ މަގުމަތީގަ އެވެ. އަދި ފްލައިން ސްކޫލުގެ ކްލާސްތައް ފަށާނީ ޖުމްލަ ހަ ބޯޓު ގެނެސްގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.