މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވަން ނިންމައިފި

މާލެ ސިޓީ ކައުންސިލުގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވުމަށް ނިންމައިފި އެވެ.

މި ނިމުންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލް ހަތަރު ވަނަ ދައުރުގެ 47 ވަނަ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މާލެ ސިޓީ ކައުންސިލަށް ބޭންކް އެކައުންޓެއް ހެދުމަށް ހުއްދަ ދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިންވެސް އަމިއްލަ ބޭންކް އެކައުންޓެއް ހެދުމަށް ފާސްކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުގެ ވުޒާރާތަކުން މީގެ ކުރިން ވަނީ މިކަން ހުއްޓުވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވުމުގެ އިތުރުން ސިޓީ ކައުންސިލުގެ މާލީ ހިސާބުތަށް ބެލެހެއްޓުމަށް ބޭނުންކުރާ އެސްއޭޕީ ސިސްޓަމް ވިއަ މޮޑިއުލަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ވިއަ މޮޑިއުލަކީ މާލެ ސިޓީ ކައުންސިލް ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ކައުންސިލް ތަކަކުން މާލީ ހިސާބުތަށް ބެލެހެއްޓުމަށް ބޭނުންކުރާ މޮޑިއުލެވެ.