ފެނަކަ ކޯޕްރޭޝަން

"ފެނަކަ އާއިލީ ގުރުއާން މުބާރާތް" ފަށައިފި

Apr 7, 2022

"ފެނަކަ އާއިލީ ގުރުއާން މުބާރާތް 1443" ޒޯން 1 - ށ.އަތޮޅާއި ނ.އަތޮޅު - ގެ ކިޔެވުން މިއަދު ފަށަައިފި އެވެ.

މި މުބާރާތަކީ ފެނަކަ ރެކްރިއޭސަން ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާންމަހުގައި ބާއްވާ ގުރުއާން މުބާރާތެކެވެ. މިއީ މި ގޮތަށް ބޭއްވޭ ފަސް ވަަނަ މުބާރާތެވެ. މީގެ ކާމިޔާބު މުބާރާތްތަކެއް 2019 ވަނަ އަހަރުވެސް ރާއްޖޭގެ ހަތަރު ސަރަހެއްދެއްގައި ވަނީ ބާއްވާފައެވެ.

ކުރިން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތުގެ ފައިސާގެ އިނާމު ވަނީ ބޮޑު ކޮށްފައެވެ. މިއީ މިއަހަރުގެ ފުރަތަމަ މުބާރާތެވެ.

ޒޯން 2 ގެ މުބާރާތް އޮންނާނީ އޭޕްރީލް 15-16 މި ދެ ދުވަހު އެވެ. މި ރަމަޟާންމަހުގެ ހަތަރު ހަފްތާ ބަނދެއްގައި އޮންނާނެ ކަމަަށް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެއީ އަބަދުވެސް މުވައްޒަފުންގެ ކުރިއެރުމަށް މިފަދަ ތަފާތު މުބާރަތްތައް އަދި ހުރިހާ މުވައްޒަފުންގެ ސާމިލްވުން ހިމެނޭ ގޮތަށް ބާއްވާ 5000 އެއްހާ މުވައްޒަފުން އުޅޭ ކުންފުންޏެއް ކަމަށެވެ.

މި ފެށުނު މުބާރާތް ށ. މިލަންދޫގައި ކުރިއަށްދާއިރު ޒޯން 2 މުބާރާތް އޮންނާނީ ގއ.ވިލިނގިލިގައެވެ ޒޯން 3 މުބާރާތް އޮންނާނީ ސ.ހިތަދޫގައި ކުރިއަށް ދާއިރު ޒޯން 4 މުބާރާތް އޮންނާނީ މާލެ ކ،ހުރާ އަދި ފެނަކަ ހެޑް އޮފީސް މުވައްޒަފުންނަށް ހާއްސަކޮށްގެނެވެ.

މި ފަހަރުގެ މުބާރާތުގައި 193 މީހަކު ބައިވެރި ވެފައިވެއެޗެ. މިިއީ ށ.އަތޮޅާއި ނ.އަތޮޅުގެ ފެނަކަ އާއިލާތަކުގެ މެމްބަރުންނެވެ.

ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން ކުރިއަށްދާ މިބާރާތުގެ 1 ވަނަ އަށް 15،000 ރުފިޔާ ދެވަނަ އަށް 10،000 ރުފިޔާ އަދި ތިންވަނައަށް 5،000 ރުފިޔާ ދޭނެ އެވެ. އަދި ކޮންމެ ވަނައަކަށް ތައްޓާއި ހަނދާނީ ލިޔުން ދޭނެ އެވެ.

މުބާރާތް ކުރިއަށް ދާނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި ފެނަކަ މުވައްޒަފުންނަށެވެ.