ބޮލީވުޑް

ރާއްޖެ ދެކެ ވާ ލޯބި ކޮންމެ ދަތުރަކާއެކު އިތުރުވޭ: ސޮނާކްޝީ

ސޮނާކްޝީ ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯ
0%
0%
0%

ސޮނާކްޝީ ސިންހާ އަކީ ބޮލިވުޑް ތަރިންގެ ތެރެއިން ރާއްޖެ ދެކެ އެންމެ ލޯބިވާ އެއް ތަރި އެވެ. އޭނާ މިހާތަނަށް ވަރަށް ގިނަ ފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ. އަދި މިހާރު ވެސް ރާއްޖޭގައި ރިސޯޓެއްގައި އޭނާ ގެންދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

ސޮނާކްޝީގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރަމުންދާ ރީތި ފޮޓޯތަކުން އޭނާގެ ދަތުރުގެ އުފާވެރިކަން ހާމަވެ އެވެ.

ބުރާސްފަތި ދުވަހު އޭނާ އިންސްޓަގްރާމްގައި ޝެއާ ކުރި ފޮޓޯތަކުގައި އޭނާ ހުރީ ނޫކުލައާއި ފެހި ކުލައިގެ ހެދުމެއް އަޅައިގެންނެވެ. މި ހެދުމުގައި ގޮނޑުދޮށުގައި ހިނގަމުން އޭނާ ގިނަ ފޮޓޯތަކެއް ނަގައިފައި ވެއެވެ.

ބުދަ ދުވަހު ޝެއާ ކުރި ފޮޓޯތައް އަދި ވަކިން ރީއްޗެވެ. މި ފޮޓޯތަކުގައި އޭނާ ހުރީ ހުދު ކުލައިގެ ބިކިނީ އަކާއި ޓްރާންސްޕޭރަންޓް ޖެކެޓެއް ލައިގެންނެވެ.

އަދި ކަޅުކުލައިގެ ދާގަނޑެއް މަތީގައި އޮވެ ނަގާފައިވާ ފޮޓޯއެއް ވެސް ސޮނާކްޝީ ޝެއާ ކޮށްފައި ވެއެވެ.

"ދިވެހިރާއްޖެ އާއި އަހަންނާ އޮތް ލޯބީގެ ގުޅުން ކޮންމެ ދަތުރަކާއެކު އިތުރަށް ވަރުގަދަވޭ. އަދި މިފަހަރު ކުރީ ފަހަރު ތަކަށް ވުރެ މާ ބޮޑަށް ވަރުގަދަވެއްޖެ،" 'މިޝަން މަންގަލް" ފަދަ މޮޅު ފިލްމުތައް ކުޅެފައިވާ ބަތަލާ ލިޔެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345