ބޭންކް އޮފް މޯލްޑިވްސް

ފޮޓޯއެއް ޝެއާކޮށްގެން ބީއެމްއެލްގެ ފައިސާގެ އިނާމު

Apr 8, 2022

ރޯދަ މަހަށް ހާއްސަކޮށްގެން ބެންކް އޮފް މޯލްޑިވްސް -- ބީއެމްއެލް އިން ފައިސާގެ އިނާމު ލިބޭ ޗެލެެންޖެއް ފަށައިފި އެވެ.

މިއީ ރޯދަ މަހަށް ހާއްސަކޮށްގެން ނަގާފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ޝެއާ ކޮށްގެން ކުރިއަށް ގެންދާ ޗެލެންޖެކެވެ.

ޝެއާ ކުރާ ފޮޓޯތަކުގައި ރޯދަ އަށް ތައްޔާރުކުރާ ކެއުންތަކާއި ރަށްޓެހިންނާއި އާއިލާއާ އެކު ވަގުތު ހޭދަކުރާ ގޮތް ދައްކުވައިދެވިދާނެ އެވެ.

ފޮޓޯ ޝެއާކުރަން ޖެހެނީ #ރޯދަވިތުއަމެކްސް ހޭސް ޓެގް ޖެހުމަށްފަހު ފޭސްބުކާއި އިންސްޓަގްރާމް އަދި ޓްވިޓާގައި ބީއެމްއެލް ޓެގް ކޮށްގެންނެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ހަފުތާއަކު ޝެއާކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ފޮޓޯ ހޮވައި ނަސީބުވެރި ދެ މީހަކަށް 1،500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ.