ބޮލީވުޑް

ސޯނަމްގެ ގެއިން 2.4 ކްރޯޑުގެ ބޮޑު ވައްކަމެއް

ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދް އަހޫޖާ ނިއު ދިއްލީގައި ދިރިއުޅޭ ގެއިން 2.4 ކްރޯޑުގެ ބޮޑު ވައްކަމެއް ކޮށްފި އެވެ. ވަގުން ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އާއި އަގުހުރި ގަހަނާ ހިމެނެ އެވެ.

ސޯނަމް އޭނާގެ ފިރިމީހާއާއެކު ލަންޑަންގައި ދިރިއުޅެމުން ދާއިރު ނިއު ދިއްލީގައި ހުރި ގޭގައި އުޅެނީ އާނަންދްގެ މައިންބަފައިންނާއި މާމަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ވައްކަން ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަދި މިކަމުގެ ތަހުގީގު ކުރިޔަށް ދާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް ގޭގައި މަސައްކަތްކުރާ 30 ވަރަކަށް މުވައްޒަފުންނާ ސުވާލު ކުރަމުދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.