މޯލްޑިވްސް ޕޮލިސް ސާވިސް

ޑޮލަރު ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދި މީހަކު ހޯދަނީ

Apr 10, 2022

ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގަށް ހާޒިރުކުރަން ހޯދަން ބޭނުން ވަނީ ނ. މިލަދޫ ކަންމަތީގެ، އަލީ ސަބާހް ކަމަށެވެ. އުމުރުން 30 އަހަރުގެ މި މީހާ ހޯދަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މައްސަލައަކަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހަށެވެ.

ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ހޯދުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައް މިހާރު ވަރަށް ގިނަ އެވެ. އެފަދަ މީހުން ގިނައިން މީހުންނާ މުއާމަލާތްކޮށް އުޅެނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގަ އެވެ. ފުލުހުން ކުރިން ބުނެފައި ވަނީ ޑޮލަރު ދޭނެ ކަމަށް ބުނެ އެކަހެރި ތަންތަނަށް ގެންގޮސް މީހުން އަތުން ފޭރޭ މީހުން ވެސް އުޅޭ ކަމަށެވެ.