ބޮލީވުޑް

މި ތަރިން ކައިވެނި ކުރީ ޅަ އުމުރުގައި!

ބޮލީވުޑް ތަރިން އާއްމުކޮށް ކައިވެނި ކުރަނީ އުމުރުން ވަރަށް ދުވަސްވީމަ އެވެ. ކައިވެނީގެ ސަބަބުން އެމީހުންގެ ކެރިއަރަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފަ އެވެ. ނަމަވެސް ކެރިއަރަށްވުރެ ކައިވެނި މުހިއްމު ބައެއް އެކްޓަރުން ވަރަށް ޅަ އުމުރުގައި ކައިވެނި ކޮށްފައި ވެއެވެ.

ނީތޫ ސިންގް

ނީތޫ ސިންގް އާއި ރިޝީ ކަޕޫރު ކައިވެނި ކުރީ ނީތޫގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި 1980 ވަނަ އަހަރު އެވެ. އޭރު ނީތޫގެ އުމުރުން 21 އހަރެވެ.

ޝާހް ރުކް ޚާން

ޝާހް ރުކް ޚާންގެ ހަޔާތަށް އައީ އެންމެ އަންހެނެއް ކަމަށާއި އެއީ އޭނާގެ އަންހެނުން ގޯރީ ކަމަށް ވަރަށް ގިނައިން ޝާހް ރުކް ބުނާ އަޑު އިވެ އެވެ. ގޯރީ އާއި ޝާހް ރުކް ރައްޓެހިވީ ވަރަށް ހަގު އުމުރުގަ އެވެ. އަދި ގިނަ ދުވަސް ތަކަކު ރައްޓެހި ވެގެން އުޅެފައި ކައިވެނި ކުރިއިރު ޝާހް ރުކްގެ އުމުރުން 25 އަހަރެވެ.

ދިވްޔާ ބާރްތީ

ދިވްޔާ ބާރްތީ އާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ކައިވެނި ކުރިއިރު ދިވްޔާގެ އުމުރުން އެންމެ 18 އަހަރެވެ. މި ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް ދިވްޔާ ވަނީ ދިމާވި އެކްސިޑެންޓެއްގައި މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.

ޑިމްޕަލް ކަޕާޑިއާ

ޑީމްޕަލްގެ ފުރަތަމަ ފިލްމު "ބޮބީ"ގެ ބޮޑު ކާމިޔާބުން އޭނާއަށް ލިބުނު މަޝްހޫރުކަމުގެ ބޭނުން ކޮށް އިތުރަށް ފިލްމު ކުޅޭކަށް އޭނާ ބޭނުމެއް ނުވި އެވެ. އެހެންވެ އުމުރުން އެންމެ 17 އަހަރުގައި އޭރުގެ ސުޕަސްޓާ ރާޖޭޝް ކަންނާ އާ ކައިވެނިކޮށް އެތައް ދުވަހެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ޑިމްޕަލް ހޭދަ ކުރި އެވެ.

އާމިރު ޚާން

އާމިރު ޚާން ފުރަތަމަ ފަހަރަށް ރީނާ ދައްތާ އާ ކައިވެނި ކުރިއިރު އޭނާއަށް 21 އަހަރެވެ. ނަމަވެސް ކައިވެންޏަށް އެތައް އަހަރެއް ފާއިތުވެ ދެ ދަރިން ވެސް ލިބުނު ފަހުން މި ދެ މީހުން ވަނީ ވަކިވެފަ އެވެ.

ބަބީތާ

ރަންދީރު ކަޕޫރާއި ބަބީތާ ކައިވެނި ކުރިއިރު ބަބީތާގެ އުމުރުން 23 އަހަރެވެ. ކަރިޝްމާ އާއި ކަރީނާ އަކީ މި ދެމަފިރިންގެ ދަރިންނެވެ. ކައިވެންޏަށް ފަހު ބަބީތާ ފިލްމު ކުޅުން މުޅިން ހުއްޓާލީ އެވެ. އަދި އޭނާގެ އެ ނިންމުން މިއަދާ ހަމައަށް ވެސް ބަދަލެއް ނުކުރެ އެވެ.

ސައިފް އަލީ ޚާން

ސައިފް އާއި އަމްރިތާ ކައިވެނިކުރިއިރު ސައިފް އަށް 21 އަހަރެވެ. ސައިފް އަށް ވުރެ އަމްރިތާ 12 އަހަރު ދޮއްޓެވެ. ސާރާ އާއި އިބްރާހިމް އަލީ ޚާން އަކީ މި ދެމަފިރިންގެ ދަރިންނެވެ. ފަހުން އަމްރިތާ ވަރިކޮށް ސައިފް ވަނީ ކަރީނާ ކަޕޫރާ ކައިވެނިކޮށްފަ އެވެ.

ބާގްޔާޝްރީ

"މައިނޭ ޕިޔާރް ކިޔާ" އިން ކިތަންމެ ބޮޑު މަޝްހޫރުކަމެއް ބާގްޔާޝްރީއަށް ލިބުނަސް އޭނާ ފިލްމު ކުޅުމަށްވުރެ ޒަމާންވީ ލޯބިވެރިޔާ އާ ކައިވެނިކުރަން އަހައްމިއްޔަތުކަން ދިނެވެ. އެގޮތުން އުމުރުން 21 އަހަރުގައި ހިމާލަޔާ ދަސާނީ އާއި ބާގްޔާޝްރީ ކައިވެނިކުރީ އެވެ. މި ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކު ލިބިފައި ވެއެވެ.

ދަރުމެންދުރަ

ޕްރަކާޝް ކޯރު ނަމަކަށް ކިޔާ މީހަކާ 1954 ގައި ދަރުމެންދުރަ ކައިވެނި ކުރިއިރު އޭނާގެ އުމުރުން 19 އަހަރެވެ. ބޮބީ އާއި ސަނީ ޑެއޯލް އަކީ މި ދެމަފިރިންގެ ދަރިންނެވެ. ފަހުން ދަރުމެންދުރަ ވަނީ ދެ އަންބަށް ހެމާ މާލިނީ އާ ކައިވެނި ކޮށްފަ އެވެ.