ރައީސް އަބްދުﷲ ޔާމީން

އިންޑިއާއަކީ ހާރިޖީ އަދި ސިޔާސީ ގުޅުމުގެ އެންމެ ގާތް ބައިވެރިޔާ: ރައީސް

ސަފީރު، ރައީސްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ބައިނަލްއަގުވާމީ މައިދާނުގަ އާއި، ސިޔާސީ މައިދާނުގައި އިންޑިޔާއިން ރާއްޖެއަށް އެއްބާރުލުންދިނުމާ ބެހޭގޮތުން މަޝްވަރާކޮށް އިންޑިއާ އަކީ ހާރިޖީ އަދި ސިޔާސީ ގުޅުމުގައި ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މި މަޝްވަރާތައް ކޮށް، ރައީސް އެހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފަިއ ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ ރައިސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގަ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވާ ފުޅާކުރެއްވުމަށް، ރަޖީވް ޝަހާރޭ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، ‏ދިވެހިރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، ‏‏މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައާއި، ސިޔާސީ މައިދާނުގައި އިންޑިޔާއިން ރާއްޖެއަށް އެއްބާރުލުންދިނުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

އިންޑިޔާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ހިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައާއި، އެމަނިކުފާނުގެ ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުންނާއި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރަޖީވް ޝަހާރޭ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ނިމިގެން މިދިޔައީ ދެގައުމުގެ ގުޅުން ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ހާސިލްކުރެއްވުމުގެ އުފަލާއި ހިތްހަމަޖެހުމާއެކު ކަން ވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގުޑްވޭ

ރަޖީވް ސަހާރޭ އެއީ މިރާއްޖޭޣޭ ތާރީޚް ދުށް އެންމެ ބްލެކް ޑިޕްލޮމެޓް. ރަޖީވް ސަހާރޭ ނޫންތޯ ސަރުކާރުގެ ހުއްދަ އެއް ނެތި ގޮސް އިލެކްޝަންސް ކަމިޝަނަށް ވަނީ. އެއީ ރަޖީވް ސަހާރޭ ވަންނަން ޖެހޭ ތަނެއް ވެސް ނޫނެވެ. މީގައި ވީ ގޮތަކީ ރަޖީވް ސަހާރޭ އިންޑިއާގެ ޖީއެމްއާރު އަތުން ސުޕާރީ ކައިގެން ބެލީ އިިދިކޮޅު އެމްޑީޕީ އަށް އިލެކްޝަންސް ކަމިޝަން ތެރޭން ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ވޯޓް ހޯދާ ދެވޭތޯއެވެ. އެކަން އެގޮތަށް ކުރަން އިލެކްޝަންސް ކަމިޝަނަށް ފުރުސަތު ނުދިނުމުން އިންޑިއާގެ ސަހާރޭ ގޮސް އިލެކްޝަން ކަމިޝަނަށް ވަދެ ފޯޑް މެންނަށް ސުޕާރީ ދޭން ބުނީ ދޯ. އިންޑިއާގެ އެމްބެސެޑަރު ސަހާރޭ އަވަހަށް ކަނޑާލަން އުޅޭ މިގައުމުން އެއީ އެންމެ ރަނގަލު ގޮތަކީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345