އުރީދޫ

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހޯޑެއްދޫއަށް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ގދ. ހޯޑެއްދޫއަށް ތައާރަފްކޮށްފި އެވެ.

އުރިދޫ އިން ބުނީ 100 އެމްބީޕީއެސް އާއި ހަމަައަށް ހަލުވި ސްޕީޑްތަކާއިއެކު ސުޕަނެޓް ބްރޯޑްބޭންޑްގެ ހިދުމަތް ހޯޑެއްދޫގައި ތައާރަފް ކޮށްފައިވާ ކަމަށެވެ.

ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖްތަަަކަަކީ މާކެޓްގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖުތައް ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ އިން ދާދިފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. އަދި ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖްގައި އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ އެވެ.