ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށް ހުށަހެޅޭނެ

Apr 13, 2022

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އިންޓަނެޓު ބޭންކިން އާއި މޮބައިލް އެޕް މެދުވެރިކޮށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. މިއީ ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރު ކޮށްދިނުމަށް ގެނައި ބަދަލެކެވެ.

ބީއެމްއެލް އިސްލާމިކް ޕަސަނަލް ފައިނޭންސިން އަކީ މުސާރަ ލިބޭ ފަރާތްތަކަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް ދޫކުރާ ފައިނޭންސިން އެކެވެ. މި ގޮތުން ތަކެތި ގަތުމުގެ ފުރުސަތާއި ކަސްޓަމަރު ބޭނުންނަމަ ފައިސާ ވެސް ދޫކުރާނެ އެވެ.

މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް ފައިސާ ދޫކުރާނެ އެވެ.

ޕާސަނަލް ފައިނޭންސް އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ އެވެ. ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް އުސޫލުންނެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.