މާޅެންދޫ

މާޅެންދޫ ސްކޫލުގައި އިމާރާތެއް އަޅަން ހަވާލުކޮށްފި

Apr 13, 2022

ނ. މާޅެންދޫ ސްކޫލުގައި އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިން އަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.

މިމަސައްކަތް ހަވާލުކުރީ 400 ދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރަންޖެހޭ ގޮތަށެވެ.

މާޅެންދޫ ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތަށް 21.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.