ރަށްފުށުގެ ދިރިއުޅުން ވަރަށް ވެސް ހިތްފަހި، ހިތްގައިމު ވެފައި އަރާމެވެ. ލިބޭ އާމްދަނީން ފަހަށް ރައްކާ ކުރެވޭ، އަރާމް އެ ދިރިއުޅުން ދޫކޮށްލައިފައި މާލޭގެ ކޮންކްރީޓް ޖަންގައްޔައް ވަންނަން ބޭނުން މީހުނެއް ނޫޅެ އެވެ. މި ހަލަބޮލި މާހައުލަށް އަންނަނީ ނައިސް ނުވެގެނެވެ. ހިއްފަސޭހަ ގޮނޑުދޮށްތަކާއި ސާފުވައި ލިބޭ މާހައުލު ދޫކޮށްލާފައި އައިސް ބޮޑު ކުލީގައި އުޅެން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
އެއީ ގިނަ ވަސީލަތްތައް ލިބެން ހުންނަނީ ތޮއްޖެހިފައިވާ މާލޭގަ އެވެ. އިރުތު އެހެން ގޮތެއް ނޯންނާތީ އެވެ. އަބަދު ބަލިވާތީ ޑޮކްޓަރުންގެ ހިދުމަތްތައް ފުރިހަމަ ނުވެގެން ވެސް އާއިލަތަކެއް މާލެ ސަރަދަށް ބަދަލުވެ މަދުވެގެން ދެ ވަޒީފާ އަދާކުރާއިރު ވެސް ދެކޮޅެއް ނުޖެހެއެވެ.
ސުވާލު އުފެދެނީ މި ދިރިއުޅުމުގައި އަވަސް އަވަހާ މީހުން ބަލިވަނީ ކީއްވެގެން ހެއްޔެވެ؟ އިހުގައި މިހާރު ހުންނަހާ ފަސޭހަ ގޮތް ތަކެއް ލިބިފައެއް ނުހުރެއެވެ. ބޯ ފެނާއި ކައްކާނެ ފެން ބަލައި ދާން ޖެހެނީ ވަކި ސަރަހައްދެއްގަ ހުންނަ ވަޅެއްގެ ކައިރިއަށް ބަނޑިޔާ ހިފައިގެނެވެ. ބަނޑިޔާ ނުލިބޭ މީހުން އެހެން ވަސީލަތްތައް ދޮވެ ސާފުކޮށްގެން ބޯފެން ބަލާދެ އެވެ. ކައްކަން ދަރު އުދުން ހުރުމުން ވަލުން ދަރު ކޮށައިގެން އައުމުން ނޫނީ ގޭގަ ކާނެ އެއްޗެއް ރޯފިލުވޭނެ ގޮތެއް ނުހުރެއެވެ. އެއާ ހިލާފަށް މިހާރު ހާސްބައި ތަފާތެވެ. ކައްކާ ގޭހާއެކު ފަސޭހަ އެވެ. އެކަމަކު ދިރިއުޅުން ކަންނެތެވެ.
ކުރީން މީހުނަށް ގިނަ ބަލިތަކުގެ ހަގީގަތާއި ޒަމާނީ ބޭސްވެރިކަން ތައާރަފުވެފައި ނެތުމުން ފަތްޕިލާވެލިންނާއި ދިވެހި ބޭސް ވެރިކަމުގައި ބޭނުންކުރާ ހިތި ފޮނި ބޭސް ތަކުން ފަރުވާ ހޯދައެވެ. ތަނެއް ބިނދުނަސް ހަށިގަނޑުތެރެއަށް ކުދި ބޮޑު ބޯލްޓްތައް ލައްވައިގެން އުޅޭކަށް ނުޖެހެއެވެ. ދިވެހިބޭސް ވެރިކަމުން ކަށިގަނޑުތައް ހަމަޖެއްސުމުގެ ގާބިލް ބޭސްވެރިން ތިއްބެވެ. އަދި ވިހެއުމުގެ ތެރޭގައި މައިމީހާއަށް ލިބޭ ވޭން ކުޑަކުރުމަށް ވެސް ދިވެހިންގެ ބޭސްވެރިކަން ރަނގަޅެވެ.
މިހާރު ދިރިއުޅުމަށް އެތައް ލުއި ފަސޭހަތަކެއް ލިބިފައި ވުމުން މިވަނީ އެތައް ބަލިތަކެއް ގަދަ ކޮށްފަ އެވެ. އިހުގެ ކެއިން ބުއިމުގެ އާދަތަކަށް ބަލާއިރު އޭރު ކައި އުޅުން ފަލަމަޑިގެ ބާވަތްތައް މިހަރަކަށް ކަމަކު ނުދާނެ އެވެ. މިހާރު މި ގެންގުޅޭ ޗިޕްސް ދަޅުތަކަކީ އޭރުގެ ކައިބޮއި އުޅުނު ފަލަމަޑީގެ ބާވަތް ތަކެވެ. މިހާރު ޗިޕްސްގެ ގޮތުގައި އެ އެއްޗެހި ތައާރަފް ވިޔަސް އެއަށް އެތައް ކެމިކަލްއެއް އެޅުމުގެ ސަބަބުން ނޭނގި ނަމަވެސް ބަލިތަކަށް އެބަ ހުށައެޅެ އެވެ. މިކަން ފެށެނީ ފުރަތަމަ ބޭނުން ކުރާ ދުވަހަކުން ނޫނެވެ. އާއްމުކޮށް މި ބޭނުން ކުރުމުން ކުރިން ނުޖެހޭ ބަލިތަކަށް ހަށިގަނޑު ތަން ދެނީ ގިނަ ދުވަހު އެއްޗެތި ނުބައިނުވެ ބާޒާރުގައި ގެންގުޅެވޭ ގޮތްތައް އެ ތައްޔާރުކުރާ ކުންފުނިތަކުން ހޯދައި ހޯދުންތަކުންނެވެ.
ކުރީން އަބަދުމެ ތިބެނީ ކަސްރަތު ލިބި ލިބި އުޅެވޭނެ މާހައުލެއްގަ އެވެ. މިހާރުހެން ވަގުތު ހޯދައިން ޖިމަށް ދާކަށް ނުޖެހެއެވެ. ހިނގަން ދިއުމާއި މޫދު ކަސްރަތު ކްލާސްތަކެއް ވެސް އޭރަކު ނޯވެއެވެ. ނަމަވެސް މި ޒަމަނުގެ ކުދިންނަށް ވުރެން ވެސް އޭރުގެ މީހުންގެ ހަށިގަނޑު ވަރުގަދަވެފައި ރީއްޗެވެ.
ދަނޑުތައް ހައްދާ މިހުންނަށް ދިމާވާ ނޭވާލުމުގެ ނިޒާމުގެ ބަލިތަކަކީ، ދަނޑުވެރިކަން ކުރާއިރު ގަސްތައް އަވަހައް ހެއްދުމަށް ބޭނުންކުރަ ބޭސް ތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މީގެ އިތުރުން ހަމުގެ ބަލިތަކާއި ކަށީގެ ބަލިތަކަށް ދޮރުހުޅުވިގެންދާ ކަމެއްގެ ގޮތުގައި ގަސްގަހަށް އަޅާ ބޭސްތައް ހިމެނެ އެވެ. މިހެން ބޮޑަށް ދިމާވަނީ އެކަށީގެންވާ ވަރަށް ވުރެ ގިނައިން ގަސްކަނާ ބޭނުން ކުރާތީ އެވެ.