ހިިސާން ހުސައިން

ސިޔާސީ ގޮތުން އުރަތްޕެއް ހުރީ ރޮޒައިނާގެ: ހިސާން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: ހިސާންގެ ތާއީދު އޮތީ ރޮޒައިނާއަށް ކަމަށް ވިދާޅުވި --
0%
0%
0%

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގެންނަން ތާއީދު ކުރައްވާ ކަމަށާ ރޮޒައިނާ އަކީ އެ މަގާމަށް އެންމެ ގާބިލް އެކަކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ ރޮޒައިނާ އާއި ފައްޔާޒް އަށް ތާއީދު ހޯދުމަށް ފުވައްމުލަކު ސިޓީގައި ރޭ އޮތް ބައްދަލްވުމުގައި ދެއްކެވި ވާހަކަގައެވެ.

ރޮޒައިނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ހިސާން ވިދާޅުވީ ސިޔާސީ ކެރިއަރުގައި ރޮޒައިނާއަކީ ކާމިޔާބު އަންހެނެއް ކަމަށާ އެފަދަ މީހަކަށް ރޮޒައިނާ ވެގެން ދިޔައީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށް ރޮޒައިނާ ކުރައްވާފައިވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

އަންހެނުންގެ ރޫހުގެ ރައީސާ ނިކުމެ ތިއްބެވި ބޭފުޅުންގެ ތެރެއިން ރޮޒައިނާއަށް ވުރެ ގާބިލް ބޭފުޅަކު ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންހެނުން ބާރުވެރި ކުރެވޭނީ ސިޔާސީ ގޮތުން އުރަތްޕެއް ހުރި މީހަކަށް ކަމަށެވެ. އެ މީހަކީ އެ މީހެއްގެ އަމިއްލަ ދެފައިގެ މައްޗަށް ކޮޅަށް ތެދުވެ ހުރެ މީހަކަށް ވާން ޖެހޭ ކަމަށް ވިދާޅުވެ ރޮޒައިނާ އަކީ އެފަދަ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އެއަށް ވުރެ [ރޮޒައިނާ] ގާބިލް ބޭފުޅެއް އަޅުގަނޑުމެންނަށް އިންތިހާބު ކުރެވިދާނެ ކަމަކަށް. އަންހެނުން ބާރުވެެރި ކުރެވޭނީ ތިމަންނާއަކީ ސިޔާސީ ގޮތުން އުރަތްޕެއްހުރެ ތިމާގެ ދެފައި މައްޗަށް ކޮޅަށް އަމިއްލަ ހައްޓައިގެން ތެދުވެ ހުރެވޭނެ މީހަކަށް. އެ މީހާއަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުން ރޮޒައިނާ އާދަމް،" ހިސާން ވިދާޅުވިއެވެ.

ހިސާން ހުސައިން، ފުވައްމުލަކުގައި ފައްޔަ އާއި ރޮޒައިނާގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގައި ބައިވެރިވަނީ

އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ދެން ވާދަކުރަނީ ސަފާތު އަހުމަދު ޒާހިރު އެވެ.

ހިސާން ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަަމަށް ފައްޔާޒް ހޮވައިދިނުމަށްވެސް މެންބަރުންގެ ކިބައިން އެދިފައެވެ. ހިސާން ވިދާޅުވީ އަމިއްލަ ޖީބުން ހަރަދުކޮށްގެން އެތައް އަހަރެއް ވަންދެން ޕާޓީގެ މެންބަރުން އަމިއްލައަށް ހަރަދުކޮށްފައިވާ ކަމަށާ ފައްޔާޒުގެ ޗެއާޕާސަން ކަމުގައި އެކަންކަން ބަދަލުވެެ މެންބަރުންނާއި ޕާޓީގެ ލީޑާޝިޕާ ވަރުގަދައަށް ގުޅުވާލާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345