މާލެ އާއި ހުޅުލެ ގުޅުވާލައި ބުރިޖް އެޅުމަށް ލޮނުޒިޔާރަތް ކޮޅުން ބަންދުކޮށްފައިވާ ސަރަހައްދަކީ ބްރިޖް ނިމޭއިރު ބޮޑެތި ބަދަލުތަކާއެކު ޒަމަނާ ގުޅޭ ވަރަށް ބޮޑު ތަރައްގީއެއް ގެންނާނެ ސަރަހައްދެއް ކަމަށް ހައުސިން މިިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ލޮނު ޒިޔާރަތްކޮޅުގެ އެ ސަރަހައްދަކީ ވަރަށް ގިނަ ބަޔަކު އެކި ކަންކަމުގައި މިހާތަނަށް ބޭނުން ކުރަމުން އައި ސަރަހައްދަކަށްވާއިރު ބްރިޖްގެ މަސައްކަތައް އެ ސަރަހައްދު ބަންދު ކުރަންޖެހުމަކީ އުނދަގުލުން ކުރެއްވި ކަމެއް ކަމަށެވެ.
"މީހުން ވަރަށް ވަރަށް ގިނަ ބޭނުންތަކަށް ބޭނުން ކުރާ ސަރަހައްދެއް އެއީ. އެހެން ނަމަވެސް އަޅުގަނޑުމެން ގެނައި ބަދަލާއެކު އެތެރޭން އޮންނަ މަގުތައް ބޭނުން ކުރެވޭނެ ގޮތަކަށް ބަދަލެއް ގެނެސްފައިވާނީ. އެހެންވީމަ ވަގުތީ ގޮތުން ދަތިތަކެއް ހުންނާނެ އަޅުގަނޑު އެދެނީ އެ ސަރަހައްދު ބަންދު ކުރުމުން ވަގުތީ ގޮތުން އަންނަ ދަތިކަން އެެއީ މާ ބޮޑު ކަމަކަށް ނުހެދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ވަގުތީ ގޮތުން އާންމުން އުނދަގުލާ ކުރިމަތިވި ނަމަވެސް ބްރިޖްގެ މަސައްކަތް ނިމުމާއެކު އެ ސަރަހައްދު މަގުތައް ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހަދައި އަލުން ހުޅުވައިލާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ އެއްބައި ހިނގާފައި އުޅޭ އުޅޭ ސަރަހައްދަކަށް ބަދަލުވެގެންދާއިރު ސަރަހައްދާ ގުޅޭ ޒަމާނީ އެކި ކަންކަން ހިމަނާފައި ހުންނާނެ ކަމަށާއި އެކަން ކަމަކީ އާންމުންނާ ވަރަށް ގުޅޭ ކަންކަމަށް ވާނެ ކަމަށެވެ.
"އެހެންވީމާ އެ ސަރަަހައްދަށް އަންނަ ބަދަލުވާނީ މާލެ އަށް ވެސް އަދި ސަރަހައްދަށް ވެސް ވަރަށް ބޮޑު ބަދަލަކާއި ތަރައްގީ ގެނުވާނެ ކަމަކަށް،"