ގިނަ ފަހަރަށް މައިންބަފައިންނަށް ކުއްޖަކު ރުޅިއައުމުން ކަންތައް ކުރަންވީ ގޮތަކާމެދު ވަރަށް ކޮންބޮޑުވެ އެވެ.ކުދިންނަށް މިހެން ދިމާވަނީ އެކުދިންގެ ރުޅި ކޮންޓްރޯލް ކުރާނެ އިތުރު ގޮތެއް ނުވިސްނޭތީ އެވެ. މިގޮތަށް ރުޅިގަދަވާ ކުދިންގެ ފަރާތުން ކައިރީ އެކީ ކުޅެން އުޅޭ އާއިލާގެ ކުދިންނާއި އެއްބަނޑު އެއްބަފާ ކުދިންނަށް ގެއްލުންތައް ވެސް ލިބެ އެވެ.
މީ އޭޑީއެޗްޑީ ކަމަށް ވެދާނެއެވެ؛ މި ބަލިގެ އަލާމަތް ތަކުގެ ތެރޭގައި މަޑުން އެއްތާކު ނީދެވުމާއި ކުރަން އިންނަ އެއްކަމަށް ސަމާލުކަން ނުދެވުމާއި ވާހަކަ ގިނަވުމާއި އިންތިޒާރު ކުރަން އުނގަދޫވުން (ކްލަހުގައި ނޫނީ ގޭތެރޭގައި ވެސް އެކުއްޖަކާ ޖެހެންދެން ކެއްކުރަން އުނދަގޫވެ، މިސާލަކަށް ކިއު ފަލާލާފައި ދިއުން)، ފަދަ ކަންކަން ހިމެނެ އެވެ. އަދި ވިސްނާނުލާ ކަންކަން ކުރުމާއި އެހެން މީހަކު ވާހަކަ ދައްކަން ފުރުސަތު ނުދިނުން ވެސް ހިމެނެއެވެ.
މި ކުދިން ރުޅި އައުމުން އެއްޗެހި އުކާ، އަމިއްލަގައިގައި ދަތްއަޅާ ގެންގުޅޭ މީހުންނަށް އަނިޔާކޮށް ގެއްލުން ދީ ވެސް ހަދަ އެވެ. އަދި ރުޅި އަންނަ ގަޑީ އެއްލާލެވެނީ ކޮން އެއްޗެއްތޯއެއް ނުބަލާނެ އެވެ. ނަމަވެސް ރުޅި މަޑުވުމުން ކުރެވުނު ކަންތަކައި ދެރަވެގެން އުޅޭނެ އެވެ. މި ކުދިންނަކީ އެކުދިންގެ އިހުސާސްތައް އެހެން މީހުންނާއި ހިއްސާ ކުރަން އުނދަގޫތަކެއް ހުންނަ ކުދިންނެވެ.
ބައެއް ކުދިން ސްކޫލް މާހައުލުގައި އުޅޭ އުޅުމުގައި ވަރަށް ގިނައިން ހުއްޓުން އަރާފައި ތިބެއެވެ. ފިލާވަޅުތައް ނަހަދާ، ކްލާސްގަޑި ނިމެންދެން ގަނޑުވެފައި އިނދެދާނެ އެވެ. އެއީ ކުއްލިއަކަށް ހައިޕާ ވަނީ އެވެ. ޓީޗަރަށް ބުނެވޭ ގޮތަކުން ނުނީ އެހެން ކުއްޖެއް ބުނާ ބަހަކުން ވެސް އެހެން އިނދެފާނެ އެވެ. މި ކަހަލަ ވަގުތު ތަކުގައި އެކުދިންނާއި އިތުރަށް ވާހަކަ ނުދައްކާ އެކުއްޖެއް އަމިއްލައަށް ހަމަޔަކަށް އެޅެންދެން އަޅާނުލައި ބޭންދުން ބުއްދިވެރި އެވެ. އެއީ ކުއްލިއަށް އެކުއްޖާ އަންނަ ރުޅިން ކޮށްލެވޭނެ ކަމެއް ނޭނގެތީ އެވެ.
ސްކޫލް މާހައުލަށް ދާއިރު ޓީޗަރު ގާތު އެވާހަކަތައް ދައްކަފައި ބޭއްވުން މުހިންމެވެ. އޭރުން ކިޔަވައިދޭ ގަޑީ ކްލާހުގައި ކިޔަވަދޭ ޓީޗަރަށް އެހެން ކުދިންނަށް ފިލާވަޅުތައް ނަގައި ދިނުމައިގެން ކުރިއަށް ދެވޭނެ އެވެ. ލަދުން ބުނަން ނުކެރި ޓީޗަރެއްގެ ފަރާތުން މިކަހަލަ ކުއްޖެއްގެ ޝަކުވާ އައުމަށް ވުރެން، ގްރޭޑްތައް ބަދަލުވައިރު ކޮންމެ ގަރޭޑްއެއްގެ ވެސް ކްލާސްޓީޗާ ގާތު ބުނެފައި އޮތުމުން، ޓީޗަރަކަށް އެ ކުއްޖަކާއި ދޭތެރޭ ކަންތައް ކުރަންވާނެ ގޮތް އެނގޭނެ އެވެ. އަދި އެހެން ކުއަޖަކަށް ލިބިދާނެ އަނިޔާއަކުން ވެސް ރައްކާތެރިކަން ހޯދައި ދެވޭނެ އެވެ.
އެފަދަ ކުދިން ރުޅިއަންނަށް ދިމަވާ ބައެއް ހާލަތްތަކަކީ، ގޭމް ކުޅޭ ގަޑީ ހުއްޓަލާފަ އެހެން ކަމެއް ކުރަން އެދުމާއި ފިލާވަޅުތައް ހަދަން ވުމެވެ. ނިދަންވުމުން ވެސް ކުއްލި ރުޅިއެއް އަތުވެދާނެ އެވެ. ނަމަވެސް މި ކުދިންނަށް ކުރަންއިން ކަމެއް ހުއްޓާލަން ވަގުތު ކޮޅެއް ދިނުމުން އެކުދިން އަމިއްލަޔަކަށް އެވަގުތަށް ކުރަން ހުރި ކަމެއް ހުއްޓާލަފައި ބެލެނިވެރިން އެދޭ ކަންތައް ކުރާނެ އެވެ.
މަޑުމައިތިރި ގޮތަކަށް މި ކުދިންނާއި ވާހަކަ ދެއްކުމުން ހަމައަކަށް އެޅެއެވެ. ނަމަވެސް ރުޅިއައުމުން އެކުދިން ކުރާ ކަންތަކަކީ ރަނގަޅު ކަންތައް ކަމުގައި އެ ކުދިންނަށް ވިސްނައިދީ ހިތްވަރު ދީގެން ނުވާނެ އެވެ. އޭރުން އިތުރަށް ވާނީ ގޯހެވެ. ބައެއް ހާލަތް ތަކުގައި މައިންބަފައިންގެ އާއިލާ މިހުންގެ ސަބަބުން މިގޮތްތަށް ދިމާވެއެވެ. އެއީ ތުއްތު އިރު ރުޅިއަރުވާލުމުން އިންނަލެއް ލޯބި ކަމުން އިތުރައް ރުޅި އަރުވަނީ އެވެ. ތަކުރާރުކޮށް މިގޮތަށް ކަންތައް ވާނަމަ އުފެދުމުގައި އެގޮތް ނެތަސް ފަހުން ރުޅި ކޮންޓްރޯލް ނުކުރެވޭ ކުދިން ކަމުގައި ވެއެވެ.
މިގޮތަށް ރުޅި އަންނަ ކުދިން އެކުދިން އަމިއްލައަށް ރުޅި ކޮންޓްރޯލް ކުރާ ދުވަހަކުން އެ ކުދިންނަށް ތައުރީފު ކުރާށެވެ. އެއީ އެހެންމީހަކަށް ގެއްލުމެއް ނުދީ އެކުދިން އަމިއްލައަށް ރުޅި ކޮންޓްރޯލް ކުރުމުން އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް އެކުދިންގެ އަމިއްލަނަފްސައް އިތުބާރު ހޯދައި ދިނުމުގެ އެހީއެއްގެ ގޮތުގައެވެ.
ލޯބިންވިޔަސް ކުދިން ރުޅި ނާރުވާށެވެ. ލޯބިން ކުރެވޭ ކަމަކުން ފަހުން ލިބިދާނެ ގެއްލުން މާ ބޮޑެވެ.