ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކުރީ އިވޯސަން މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިއިމާރާތުގެ މަސައްކަތް 300 ދުވަސް ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫއަށް 8.4 މިލިއަން ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
ރާއްޖޭގެ އުތުރުގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކުރީ ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެ މުވައްޒަފުންނަށް ވެސް ބައެއް ދަތިތައް ކުރިމަތިވެފައި ވަނިކޮށެވެ.