ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މާސްކް މަޖްބޫރު އުވާލުން ފާހަގަކުރީ މޮޅު ގޮތަކަށް

ކޮވިޑްގެ ސަބަބުން ފާއިތުވީ ދެ އަހަރެއްހާ ދުވަހު ދުނިޔޭގެ ގިނަ ބަޔަކު ބޭރަށް ނުކުންނަނަމަ މާސްކް އަޅައިގެން އުޅެފައި ވެއެވެ. ނަމަވެސް މިހާރު ގިނަ ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލްވެ މާސްކް އެޅުން މަޖްބޫރު ކުރުން ވަނީ ހުއްޓާލާ ފައެވެ.

މާސްކް އެޅުމަށް ނިމުމެއް އައުމުން ވީ އުފަލުން ބްރެޒީލް މީހަކު އަންތަރީސްވާ ވަރުގެ ކަމެއް ވަނީ ކޮށްފަ އެވެ. މައިކަލް ފާރޯ ނަމަކަށް ކިޔާ މި މީހާ އަކީ "ހިއުމަން ސެޓާން" (ޝައިތާނެއްގެ ސިފަ ޖަހާ އިންސާނާ) ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. މި މީހާ ވަނީ މާސްކް އަޅަން ނުޖެހޭނެތީ އޭ ކިޔާފައި އޭނާގެ ދެ ކަންފަތް ކަނޑާލާފަ އެވެ. އޭނާ ބުނި ގޮތުގައި ކުރިން ކަންފަތް ކަނޑާނުލެވިފައި ހުރީ މާސްކް އަޅަން ޖެހޭތީ އެވެ.

މީގެ ކުރިން މި މީހާ ވަނީ ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް އެކި ކަހަލަ ބަދަލުތައް ގެނެސްފަ އެވެ. އެހެންވެ ބްރެޒީލްގައި މީނާ މަޝްހޫރުވެފައި ވަނީ ޑައިބްލޯ (ޝައިތާން) ގެ ނަމުންނެވެ.

ޝައިތާނެއްގެ ސިފަ ޖެހެންވެގެން މިހާތަނަށް 60 އަށް ވުރެ ގިނަ ސާޖަރީ މި މީހާ ހަދާފައި ވެއެވެ. އަދި ހަށިގަނޑުގެ 85 ޕަސެންޓުގައި ވަނީ އެކި ކަހަލަ ޓެޓޫތައް ޖަހާފަ އެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަން ތޮރުފުމާއި ދަތްތަކަށް ބަދަލު ގެނައުން ފަދަ ކަންކަން ވެސް މި މީހާ ކޮށްފައި ވެއެވެ. ކަންފަތް ކަނޑާލުމުގެ މާ ކުރިއްސުރެ މި މީހާ ވަނީ އޭނާގެ ހަށިގަނޑު ވަރަށް ގިނަ ގޮތްގޮތަށް ބަދަލުކޮށްފަ އެވެ. އަދި ބޮލުގައި ދެ ދަޅުވެސް އިންދާފައި ވެއެވެ. އަދި ކަށި އިނގިއްޔާއި ނޭފަތުން ބައެއް ވެސް ވަނީ ކަނޑާލާފަ އެވެ.

މިހާތަނަށް އޭނާއަށް ކަންފަތް ކަނޑާނުލެވިފައި ހުރީ މާސްކް އަޅަން އުނދަގޫވާނެތީ ކަމަށް އެމީހާ އެއްބަސްވެފައި ވެއެވެ. އެހެންވެ ބްރެޒީލްގައި މާސްކް އެޅުން މަޖްބޫރުކުރުން ހުއްޓާލުމާއެކު އަވަހަށް ކަންފަތް ކަނޑާލީ އެވެ.