ފައިސަލް ނަސީމް

ނަބީހާ، ނައިބު ރައީސް ބައްދަލު ކުރައްވައިފި

Apr 18, 2022

ޔޫއޭއީގެ ދުބާއީގައި ކުރިއަށް ދިޔަ ދުބާއީ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްހާފިޒް އަހްމަދު ނަބީހް އަބްދުލްގާދިރާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ނަބީހްގެ މަންމަ އާމިނަތު މުހައްމަދާއި، ބައްޕަ އަބްދުލްގާދިރު ގާސިމް ވަނީ ބައިވެރިވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ނައިބް ރައީސް ވަނީ ނަބީހަކީ ނަމޫނާ ކުއްޖެއް ކަމުގައި ވިދާޅުވެ، ނަބީހަށް ކީރިތި ގުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިއަށް ދިޔުމަށް ހިތްވަރުދެއްވައި، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލު ވުމުގައި ނަބީހުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ނަބީހު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.