އެމްއެންޑީއެފް

ހައިޑްރޮގްރެފިކް ސާވޭއަށް އިންޑިއާގެ މަނަވަރެއް އަތުވެއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީ ޝިޕެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ހދ އަތޮޅުން ފެށިގެން ނ އަތޮޅަށް ސާވޭ ކުރާނެ ކަމަށެވެ. 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސް ގައި ބޭނުޖް ކުރާ އިލެކްޓްރޯނިކް ޗާޓްތައް އަޕްޑޭޓް ކުރުމާއި އެންކަރޭޖް އަދި އެފްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެއް ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މި ސާވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމުގައިވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަވާނެ ކަމަށެވެ.

އަދި މަސައްކަތުގެ ސަބަބުން އިންޝްއަރެންސް ކްލައިމްތައް ލީގަލައިޒް ކުރުމާއި އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށާ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާނެ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަަމަށެވެ.

ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ސާވޭ ތެރެއިން 2021 ވަނަ އަހަރުވެސް ހދ އަތޮޅުން ފެށިގެން ނ އަތޮޅާ ހަމައަށް ވަނީ ސާވޭ ކޮށްފައެވެ.

ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" ގައި ރާއްޖެ ޒިޔާރަތްކުރި ސާވޭ ޓީމުގެ ފަރާތުން ވަނީ މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމާންޑާ ކާނަލް އިބްރާހީމް ހިލްމީ އާއި ބައްދަލުކުރައްވައި ސާވޭ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާ ބައްދަލުވުމުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓިސީ) ގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑުގެ ސީނިއަރ ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.