އާޓިފިޝަލް ބީޗް

މަސައްކަތް ހިނގާއިރު އާ އާޓިފިޝަލް ބީޗަށް ނުވަންނަން އަންގައިފި

މާފަންނު އާޓިފިޝަލް ބީޗް: ބަރު ވެހިކަލް ބޭނުންކޮށްގެން މަސައްކަތްތައް ކުރިއަށްދާތީ އެސަރަހައްދަށް ވަނުމަކީ މަނާކަމެއް.
0%
0%
0%

މާލޭގެ ހުޅަނގު ފަރާތުގައި އަލަށް ހަދަމުންދާ އާޓިފިޝަލް ބީޗުގެ މަސައްކަތް ކުރަމުންދާ އެ ސަރަހައްދަށް ވަނުން ރައްޔާތެރި ނޫން ކަމަށް އެތަނަށް ނުވަނުމަށް ހައުސިން މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.

އެ ސަރަހައްދުގެ މަސައްކަތްކުރާރީ އާންމު ފަރާތްތަކުން ވަދެ އުޅުމަކީ މަނާކަމެއް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވެސް ވަނީ ބުނެފަ އެވެ.

އިއުލާނެއް މެދުވެރިކޮށް މިއަދު ހައުސިންއިން ބުނީ އެސަރަހައްދުގައި ބަރު ވެހިކަލް ބޭނުންކޮށްގެން އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރަމުންދާއިރު އެސަރަހައްދަށް ވަދެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީ އެސަރަހައްދަށް ވަނުން މަނާކޮށްފައި އޮތް އޮތުން ހަނދާން ކޮށްދިނީ ކަމަށާއި މީގެކުރިންވެސް އެސަރަހައްދަށް އާއްމުން ވަނުމަކީ މަނާކޮށްފައިވާނެ ކަމަށެވެ. އަދި މަސައްކަތް ހިނގަމުންދާއިރު ސަލާމަތާއި ރައްކާތެރި ކަމާބެހޭ ނިޝާންތައް ޖަހާފައި ހުންނާނެ ކަމަށެވެ.

އަލަށް ހަދާ މި ބީޗު އަންނަ ޖެނުއަރީމަހުގެ މެދު ތެރޭގައި ހުޅުވާނެ އެވެ. އެހެން ނަމަވެސް ބީޗް ހުޅުވާއިރު ބީޗުގައި މޫދާ ގުޅިފައިވާ ޕެވީލިއަން އާއި އެތަނަށް ދިޔުމަށް ގުޅާފައި ހުންނަ އޯވަ ހެޑް ބްރިޖްގެ މަސައްކަތް ނުނިމުނު ނަމަވެސް ކޮންކްރީޓް މަސައްކަތް ނިންމާނެ އެވެ.

ޒަމާނީ ފެންވަރަށް ހަދާ މި ބީޗުގައި ރެސްޓޯރެންޓަކާއި ފެންވަރާނެ ސަރަހައްދަކާއި ޗޭންޖިން ރޫމް، ފާހާނާ އަދި މަދަ ކެއާ އޭރިއާ އެއްވެސް ހިމެނޭނެ އެވެ. ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ.

މާލޭގެ މަލަމަތިން ރާއްޖޭގެ ރަށެއް ސިފަ ކޮށްދީ އެސަރަހައްދަކީ ރީތި ގޮނޑު ދޮށަކަށް ހަދަން އެސަރަހައްދުގައި މިހާރުވަނީ 300 އަށްވުރެ ގިނަ މަގޫ ގަސް އިންދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345