އާޓިފިޝަލް ބީޗް

ޓީޝާޓް ބާލައިގެން މާލޭގެ އާޓިފިޝަލް ބީޗުގައި ނިދާފައި އޮތް މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގެ އާޓިފިޝަލް ބީޗު -- ފޮޓޯ: އަވަސް
0%
0%
0%

ޓީޝާޓް ބާލައިގެން މާލޭގެ އާޓިފިޝަލް ބީޗުގައި ނިދާފައި އޮތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު ގައެވެ.

ހައްޔަރުކޮށްފައިވަނީ ލ. އަތޮޅަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެނާ ބުނީ އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އިނީ ބުރަކަށީގައި ބޭހެއް އުނގުޅައިގެން ކަމަށެވެ. އެގޮތަށް އިންދާ ދިލަނަގާތީ ނިދުނީ ކަމަށްވެސް ބުންޏެވެ.

ތިލަފުށީގައި މަސައްކަތް ކުރާ މި މީހާގެ ބަންދަށް މުއްދަތު ޖެހުމުގެ ބަދަލުގައި ކޯޓުން ވަނީ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފަ އެވެ.

މި މީހާ ބަންދުކުރީ ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345