މޯލްޑިވްސް ޕޮލިސް ސާވިސް

ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރަން ޚާއްސަ ކޯލް ސެންޓަރެއް

100%
0%
0%

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ފުލުހުންގެ އިދާރާ އިން ގާއިމުކޮށްފި އެވެ.

ރާއްޖޭގައި ސްކޭމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ހާއްސަ ސެންޓަރެއްވެސް ގާއިމުކޮށްފަ އެވެ.

ފުލުހުން މިރޭ ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ނިންމަވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރަށް މައްސަލަތައް ރިޕޯޓް ކުރުމަށް ހާއްސަ ކޮށްގެންގެން ގާއިމުކޮށްފައިވާ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުން ކަމަށެވެ.

އެންޓި ސްކޭމް ސެންޓަރަށް މައްސަލަތައް ރިޕޯޓް ކުރެވޭނީ ނެޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި، އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށެވެ. އަދި މިހާރުވެސް އަމަލުކުރާ ގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސްކޭމް މައްސަލަތައް ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ވީ އެންމެ އަވަހަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓް ކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345