ހުޅުމާލެ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކަށް ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު ކަމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ ފިޔާތޮށިގެ، މުހައްމަދު ލުބާން ޤައްހާރު (26 އ)އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.