މޯލްޑިވްސް ޕޮލިސް ސާވިސް

ދެމީހަކު ދޫނި ކޮށްޓެއްގެ ތެރޭގައި "ހައްޔަރުކުރި" މައްސަލަ ބަލަނީ

ދޫނި ކޮށްޓެއްގެ ތެރޭގައި ދެ ފިރެހެނުން ބަންދުކޮށްފައި ހުރި މަންޒަރު ފެންނަ ވިޑިއޯގެ ތެރެއިން
33.3%
0%
66.7%

ދެ މީހަކު އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮށްޓެއްގެ "ހައްޔަރުކުރި" މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯ ފުުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ވީޑިއޯއިން ފެންނަނީ ދޫނި ކޮށްޓެއްގެ ތެރޭގައި ހުސްގަޔާ ހުރި ދެ ފިރެހެނަކު "ހައްޔަރުކޮށްފައި" ތިބި މަންޒަރެވެ.

ވީޑިއޯގައި ދައްކާ ވާހަކަ ސާފު އެހާ ސާފުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދެމީހުން ބަންދުކޮށްފައިވަނީ ރެސްޓޯރެންޓަކުން ކެއުމަށްފަހު ބިލް ނުދެއްކި މައްސަލައިގައެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މި ދެ މީހުންނަކީ ރަހީނުކޮށްގެން ގެންގުޅޭ ބައެއްތޯ ސުވާލުވެސް ކޮށްފަ އެވެ. އަދި މިއީ ގަބޫލުކުރެވޭނެ ފަދަ އަމަލެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345