ހަބަރު

އޭޑީކޭގައި މަރުވި މީހާ ދެނެގަނެވިއްޖެ

އާޓިފިޝަލް ބީޗު ސަރަހައްދުން ހަރަކާތެއް ނެތި އޭޑީކޭ އަށް ގެންދިޔަ މީހާ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހެނދުނު، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތެއް ނެތިފައި އޮތް އުމުރުން ދުވަސް މީހަކު އޭޑީކޭ ހޮސްޕިޓަލުގެ އެމެޖެންސީއަށް ގެންގޮސް ފަރުވާ ދިނެވެ.

އަދި އޭނާ އަށް އަވަސް ފަރުވާދީ، ފުރާނަ ސަލަމާތް ކުރަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެ މީހާއަކީ ކާކުކަން ނޭނގޭތީ، އެމީހާގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ އެހީތެރި ކަމަށް އޭޑީކޭ އިން މިއަދު އެދުނެވެ.

އެމީހާ ދެނެގަތުމަށްފަހު ފުލުހުން ބުނީ މަރުވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އާއިލާއިން މިހާރު ހަވާލު ވެފައިވާ ކަމަށެވެ.