ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާ ދަމައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޮޑުކޮށް ފުޅާކޮށްފައި އޮތް "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ކެމްޕެއިން ލީޑު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީ ވަނީ ބެނާ ހަރުކޮށްފައި
100%
0%
0%

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޮޑުކޮށް ފުޅާ ކޮށްފައި އޮތް "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން މާލޭގެ ބޮޑެތި އިމާރާތްތަކުގައި އެ ކެމްޕެއިން ބެނާތައް ދަމަން ފަށައިފި އެވެ. އެ ގޮތުން ޕީޕީއެމްގެ ރަސްމީ އޮފީސް ހިންގާ ހ. ހުރަފާ އިމާރާތުގައި އާއި އިދިކޮޅު ލީޑަރު އަދި މި ކެމްޕެއިން ލީޑު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީ ގައި ވަނީ މީގެ ބޮޑެތި ބެނާތަކެއް ދަމާފަ އެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާ ހަރުކުރީ މިއަދު ހަވީރު އެވެ. ޕީޕީއެމްގެ އޮފީސް އިމާރާތުގައި ބެނާ ހަރުކުރީ މީގެ ދެ ރޭ ކުރީންނެވެ. މީގެ އިތުރުން ގަލޮޅުގެ ގެއެއްގައި ވެސް ވަނީ ބޮޑު ބެނާ ހަރުކޮށްފަ އެވެ.

މި ހަރަކާތުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ވެރިރަށުގައި ފެށި ހަރަކާތް ވަރަށް ބޮޑަށް ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ގިނަ އިމާރާތްތަކެއްގައި ބެނާ ހަރުކުުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޮޑުކޮށް ފުޅާކޮށްފައި އޮތް "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ކެމްޕެއިން ލީޑުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީ ވަނީ ބެނާ ހަރުކޮށްފައި --

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި އަހަރު ނިމުމުގެ ކުރީން ބޭލުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.

މިނިވަންވެވަޑައިގަތް ފަހުން އަދި އެމަނިކުފާނު އިސްވެ ހުންނަވާ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މީޑިއާއަކަށް ދެއްވި އިންޓަވިއު ރޮއިޓާސްއަށް ދެއްވާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އޮތުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އިންޑިއާ އާއި ޗައިނާ އަދި އެމެރިކާ ވިޔަސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ އެ ތިބި ކަމަށާ އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ދިވެހީންގެ ގިނަ ބަޔަކު ރުހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދިވެހީންގެ ކުރިއެރުމާއި ތަރައްގީއަށްވެސް ހުރަސް އެޅޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޮޑުކޮށް ފުޅާކޮށްފައި އޮތް "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ކެމްޕެއިން ލީޑުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީ ވަނީ ބެނާ ހަރުކޮށްފައި --

އިންޑިއާ ސިފައިންނަށް ރާއްޖެއިން ފުރުސަތު ދީފިނަމަ އެ ފަދަ ފުރުސަތަކަށް ބާރުގަދަ އެހެން ގައުމުތަކުން ވެސް އެދޭނެ ކަމަށާ އެ ފުރުސަތު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގަ އާއި ޅ ނައިފަރުގަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހައިފާ

މިގައުމު އެކޮއް މޮއޮތީ ވިކި ހުސަވެފަ…

ނަންނު

ރަހުމައްތެރިންދޭ އެތިކޮޅުން ކައިބޮއިގެން އުޅޭ މީހެއް . މަސައްކަތެއް ނުކުރޭ. ވިޔަފާރިއެއް ނުކުރޭ. މި ހިރީ ހަދަމުންދާ ގެކޮޅޫ.

ނޮންނި

ކަލޭމެންނަ ހާދަ އަސަރެ ކުރެޔޭ ދޯ..

ބައިރޯ

ބޯގޯސް ތި ނުހިގި ނޫން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345