މިއުޒިކް

48 ގަޑިއިރުގެ ތެރޭ "ބީޓްލްސް"ގެ ލަވަތައް 50 މިލިއަން ފަހަރަށް ސްޓްރީމްކޮށްފި

އިނގިރޭސި ރޮކް ބޭންޑް "ދަ ބީޓްލްސް"ގެ ލަވަތައް އޮން ލައިން ޕްލެޓްފޯމްގައި ރިލީޒް ކުރިތާ 48 ގަޑިއިރުގެ ތެރޭގައި 50 މިލިއަން ފަހަރު ސްޓްރީމް ކޮށްފި އެވެ.

ހަބަރުތައް ބުނާގޮތުގައި މިލަވަތައް ސްޓްރީމްކުރި މީހުންގެ ތެރޭގައި ގިނައީ އުމުރުން 34 އަހަރުން ދަށުގެ މީހުންނެވެ.

ރައިޓްސްގެ މައްސަލައެއްގައި ރިލީޒްކުރުން ލަސްވި ނަމަވެސް ކްރިސްމަސް އާއި ގުޅުވައިގެން ނުވަ ސައިޓަކުން މި ލަވަތައް ސްޓްރީމް ކުރެވޭނެއެވެ. ބީޓްލްސްގެ 224 ލަވަ ވަނީ އެއްފަހަރާ އޮން ލައިން ޕްލެޓްފޯމަށް ދޫކޮށްލާފަ އެވެ. މި ލަވަތައް ސްޓްރީމް ކުރެވޭ ވެބްސައިޓް ތަކުގެ ތެރޭގައި އެމެޒަން ޕްރައިމް، ސްޕޮޓިފައި އަދި ޓައިޑަލް ހިމެނެ އެވެ.

މިހުރިހާ ލަވައެއްގެ ތެރެއިންވެސް އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ "ކަމް ޓުގެދާރ" އަށެވެ. މި ލަވަ ވަނީ 1.8 މިލިއަން ފަހަރު ސްޓްރީމްކޮށްފަ އެވެ.

ބީޓްލްސް ވުޖޫދަށް އައިސްފައިވަނީ 1966 ވަނަ އަހަރު އެވެ. އޭރު އެ ބޭންޑްގެ ތަރިންނަކީ ޖޯޖް ހެރިސަން، ޖޯން ލެނަން، ރިންގޯ ސްޓަރ، ޕޯލް މެކްކާޓެނީ އެވެ.