ޓޫރިޒަމް

ތޯމަސްކުކް އިންޑިއާއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަނީ

Apr 21, 2022
1

މަޝްހޫރު ޓްރެވަލް ކުންފުނި ތޯމަސްކުކްއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

ރާއްޖެ އިސްތިހާރު ކުރުމަށް ހަރަކާތްތެރިވާ ކުންފުނި އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި ތޯމަސްކުކް އިންޑިއާއާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ދަށުން އިންޑިއާގައި ރާއްޖޭގެ ވިޒިބިލިޓީ އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ތިން މަަހަށް ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ދަށުން 140 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރޯމަސްކުކްއާ ގުޅިގެން އިންޑިއާގެ މިޑްމާކެޓާއި ތަގްޒަރީ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރާނެ އެވެ. ތޯމަސްކުކްއަކީ ގިނަ މާކެޓުތަކުގައި ރާއްޖެ އިސްތިހާރު ކުރާ ކުންފުންޏެވެ.