ޓޫރިޒަމް

ކްރޮއޭޝިއާގައި ރާއްޖޭގެ ހަނީމޫން މާކެޓު އިސްތިހާރުކޮށްފި

ކްރޮއޭޝިއާގައި ބޭއްވި ޕްލޭސްޓުގޯ ފެއާގައި ރާއްޖޭގެ ޓޫރިޒަމްއާއެކު ހާއްސަކޮށް، ހަނީމޫން ޓޫރިޒަމް މާކެޓު އިސްތިހާރުކޮށްފި އެވެ.

ހަނީމޫން ޓޫރިޒަމް މާކެޓަށް ހާއްސަކޮށްގެން ބާއްވާ މި ފެއާގައި ރާއްޖެ އިސްތިހާރުކޮށްފައިވަނީ އެމްއެމްޕީއާރުސީ އާއި މޯޖީ މޯލްޑިވިގެ ނަމުގައި ކްރޮއޭޝިއާގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ގުޅިގެންނެވެ. މި ކުންފުންޏަކީ ބަލްކަން ސަރަހައްދާއި ސައުތު އީސްޓް މާކެޓުގައި ރާއްޖެ އިސްތިހާރު ކުރަން ހަރަކާތްތެރިވާ ކުންފުންޏެވެ.

ޕްލޭސްޓުގޯ ފެއާގައި 200 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ.މި ފެއާގައި ރާއްޖެއާ ހަނީމޫން މާކެޓުގައި ވާދަކުރާ ބައެއް ގައުމުތަކުން ވެސް ބައިވެރިވެފައިވެ އެވެ.

މި މަހުގެ 10-18 ގެ ނިޔަލަށް ކުރިއަށްދިޔަ މި ފެއާގައި ރާއްޖެ އިސްތިހާރުކުރި މޯޖީ މޯލްޑިވި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިފެއާގައި ވާހަކަ ދައްކަވަމުން ވަނީ ރާއްޖެ އަންނަން ބޭނުންވާ މީހަކަށް ތަފާތު ޓޫރިޒަމް ޕްރޮޑަކްޓްތައް ހުރިކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ގެސްޓްހައުސް އިން ފެށިގެން މި ނޫންވެސް އެކި ރޭންޖުތަކުގެ ޕްރޮޑަކްޓްތައް ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ފެއާގެ ރާއްޖޭގެ ބަޔަކަށް ޒިޔާރަތް ކުރި މީހުންގެ މެދުގައި ގުރުއަތެއް ނަގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހަތަރު ރޭގެ ހުރުން ވެސް ދީފައިވެ އެވެ.