އަލިފާން

ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ ރަަށްދެބައިމަގުން ގ. ކޮލަމްބިޔާއާ ޖެހިގެން ހުރި ގަރާޖުގައެވެ.

އަލިފާނުގެ ހާދިސާގައި ގަރާޖުގައި ހުރި ހުރިހާ ތަކެއްޗެއް ވަނީ އަދާފައެވެ. އޭރު ގަރާޖުގައި ސައިލުވެސް ހުއްޓެވެ. މީގެ އިތުރުން މަގުމަތީ ޕާކިން ޒޯންގައި ހުރި ބައެއް ސައިކަލުތައްވެސް ވަނީ އަނދާފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ ޕާކިން ޒޯންގައި ހުރި ހަތަރު ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ނޭންގެ އެވެ. އަލިފާން ނިއްވާލާފައިވީނަމަވެސް ހާދިސާގެ މައުލޫމާތެއް ސިފައިންނެއް އަދި ނުދެއެވެ.