ނައިބް ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ދަތުރުުފުޅެއް ރަސްމީ ދަތުރުފުޅެއްގައި އެ ސިޓީ އަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ނައިބް ރައީސް ފުވައްމުލަކަށް ވަޑައިގަތީ ރޯދަ މަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މީގެއިތުރުން ފުވައްމުލަކުގައި އިމާރާތްކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބް ރައީސްގެ މިދަތުރުފުޅުގައި ފައްޓަވައިދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް މިދިޔަ މަހު ވެސް ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވެވި އެވެ.