ރާއްޖޭން މިދިޔަ މަހު 190 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން ބޭރުކުރީ ގަނޑުކުރި ކަޅުބިލަ މަހެވެ. އެގޮތުން 125 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަސް ބޭރުކޮށްފައިވެ އެވެ.
ދެވަނައަށް މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއިން ބޭރުކުރީ ތަފާތު އުފެއްދުންތަކުގެ ގޮތުގައި ތައްޔާރުކޮށްފައި ހުރި ކަޅުބިލަ މަހުގެ ބާވަތްތަކެވެ. އެފަދަ ބާވަތްތަކުގެ ގޮތުގައި ބޭރުކުރި ބާވަތްތަކުގެ އަގު 26 މިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖޭން މިދިޔަ މަހު ވަނީ 16 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ވެސް ބޭރުކޮށްފައިވެ އެވެ.
މީގެއިތުރުން ތާޒާ ކަންނެލީގެ ގޮތުގައި 10 މިލިއަން ރުފިޔާގެ ކަންނެލި ވެސް މިދިޔަ މަހު ބޭރުކޮށްފައިވެ އެވެ.
ދަަޅުގައި އަދި ފައުޗުގައި ބަންދުކޮށްގެން 13 މިލިއަން ރުފިޔާގެ މަސް މިދިޔަ މަހު ރާއްޖޭން ބޭރުކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭން މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް މަސް އެތެރެކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 115 މިލިއަން ރުފިޔާގެ މަހެވެ.