ތައިރޮއިޑް ހޯމޯން ރިޕްލޭސްމަންޓް ތެރެޕީއަކީ ހައިޕަ ތައިރޮއިޓިޒަމްގައި އެންމެ އަންމުކޮށް ދެވޭ ފަރުވާ އެވެ. ކޮންމެ ދުވަހަކު ކާންޖެހޭ ބޭސް ނުކައި ދޫކޮށްލުމުން އެކި މީހުންނަށް އެކި އުނގަދޫތަކާ ކުރިމަތިލާން ޖެހެ އެވެ. ތައިރޮއިޑް ހުންނަ މީހުނަށް ދިމާވާ ބައެއް ކަންކަމަކީ ލޯ ފުސްވެ އަނބުރައިގަތުމެވެ. އަނެއްބައި މިހުން ނިދާ ހޭލާއިރު އަނގައިތެރޭ އާދަޔާ ހިލާފަށް ދަވަ ހެދިފައި ހުރެއެވެ.
ބޭސް ބޭނުން ކުރުމާއިއެކު ކުރެވިދާނެ ބައެއް އެހެން ކަންކަން ވެސް ހުރެ އެވެ. ފުރަތަަމަ ހަކުރު ކެއުން މަދު ކޮށްލާށެވެ. ހަކުރު ބޭނުން ކުރުމުން ހަށިގަނޑުގައި ވަގުތީ ގޮތުން ވަރު ޖައްސާލައި ދެއެވެ. ނަމަވެސް ހަކުރު ބޭނުންކުރާ މިންވަރު މަދު ކުރުމުން ނޫނީ އެކީ ހުއްޓާލުމުން ބޭކާރު ވިސްނުންތަކާއި ދުރުވެ ހަންގަނޑަށް ފައިދާތައް ކުރާނެ އެވެ.
ބައެއް ކަހަލަ ވިޓަމިންސްތައް ބޭނުން ކުރުމުން ތައިރޮއިޑްގެ ލެވެލް މަތިވެދާނެ އެވެ. ވިޓަމިން ބީ 12 އިގެ ސަބަބުން ތައިރޮއިޑް ދަށްކޮށް ތިބޭ މީހުންނަށް ނޭދެވޭ އަސަރު ކުރެ އެވެ. މީގެ އަނެއްކޮޅަށް ހައިޕާ ތައިރޮއިޑް ހުންނަ މީހުނަށް ވަނީ މި ވިޓަމިނުން ފައިދާ އެވެ. ވިޓަމިން ބީ ވަން ހުންނަ ކާނާގެ ބާވަތްތައް ބޭނުން ކުރުމަކީ މި ބަލި ހުންނަ މީހުން ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ.
ގުލެޓިން ހުންނަ ތަކެތި ބޭނުން ކުރުމުން ބައެއް މީހުންގެ ދިފާއީ ނިޒާމް ބަލި ކޮށްލަ އެވެ. ނަމަވެސް ހައިޕަތައިރޮނިޒަމް ހުންނަ މީހުން ގުލެޓިން އެކުލެވޭ ކާނާ ބޭނުން ކުރުމުން ވަނީ ފައިދާ އެވެ.
ބޭކަރީތަކުން ގަންނަން ލިބޭ ބާވަތްތަކުގައި ގުލެޓިން ހުރުމުން ސިއްހަތަށް އެހާ ރަނގަޅެއް ނޫނެވެ. އެއީ އެ ތަކެތީގައި ފެޓް ގިނަވެފައި ފައިބަ މަދުވާތީ އެވެ، ޕްރޯބަޔޮޓިކް ބޭސް ބޭނުން ކުރުމުން ބަނޑަށާއި ދަށްބަނޑަށް ލުއިތަކެއް ލިބޭނެ އެވެ. ފާމެންޓަޑް ބުއިންތަކާއި ޔޯގަޓް ބޭނުން ކުރުމުން ހިތުގެ ބަލިޖެހުން ދުރު ކޮށްލައި ދެއެވެ. މީގެ ތެރޭގައި ޗީޒްގެ ބައެއްް ބަވަތްތައް ވެސް ހިމެނެއެވެ.