ލައިފްސްޓައިލް

ވަރިކުރުން މަނާ ސަރަހައްދެއް

ކޮންމެ ގައުމެއްގައިވެސް ވަރިކުރުންމީ އޮންނަ ކަމެކެވެ. އިނދެގެން އުޅޭ ދެ މީހަކު ބޭނުން ނުވެގެން ކޯޓް މަރުހާލަ މެދުވެރިކޮށް ވަރި ސާބިތު ކުރެވެ އެވެ.

އެކަމަކު ފިލިޕިންސްގެ މުސްލިމުންނަށް ވަރިކުރުން ހުއްދަވިޔަސް އެ ގައުމުގެ ވަޓިކަން ސިޓީގައި އުޅޭ މީހުންނަށް އެ ހުއްދައެއް ނެތެވެ.

އދ. އިން 2002 ވަނަ އަހަރު ވަނީ 1000 މީހުންގެ މެދުގައި ދިރާސާއެއް ވެސް ކޮށްފަ އެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ވަރި އެންމެ ގިނައީ ދިވެހިރާއްޖޭގަ އެވެ.

ރާއްޖޭގައި އަހަރެއްގެ މައްޗަށް 10.97 ވަރި ކުރެ އެވެ. ދެވަނައިގައި ވަރި ގިނަ ގައުމެއްގެ ގޮތުގައި ލިސްޓްކޮށްފައިވަނީ ބެލަރުސް އެވެ. އެއީ 4.63 ވަރި އެވެ. ތިންވަނައިގައި ވަނީ އެމެރިކާ އެވެ. އެ ގައުމުގައި އަހަރަކު 4.34 ވަރި ކުރެވޭ ކަމަށް މި ދިރާސާއިން ދައްކަ އެވެ.

ފިލިޕިންސްގެ ވެޓިކަން ސިޓީގައި އިނދެގެން އުޅޭ ދެ މީހަކަށް ވަރިކުރެވޭނީ ކޮންމެވެސް އެކަކު މަރުވުމުންނެވެ. ނަމަވެސް އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އަދި ވަރި ކުރާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެ އެވެ. އެހެންވީމާ އެ ސިޓީގައި އިނދެގެން އުޅޭ އެކަކާއި އެކު އުޅެން މަޖުބޫރުވެ އެވެ.

މިކަން ފެށިފައިވަނީ 1950ގެ އަހަރުތަކުގައި ސްޕޭނުން އެ ސިޓީ އަޅުވެތިކޮށްގެން ވެރިކަން ކުރި ދުވަސް ވަރު އެވެ.

ފިލިޕިންސްގެ އަންހެނަކު ވަރިވުމަށްފަހު އެ ގައުމުން އެހެން މީހަކާ އިނުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ގައުމުން ބޭރު މީހަކާ އިނދެ ވަރިކޮށްފައިވާނަމަ އެމީހުންނަށް އިތުރު ކައިވެންޏެއް ކުރެވިދާނެ އެވެ.

ފިލިޕީންސް މީހުން ދެކޭ ގޮތުގައި ކައިވެންޏަކީ، ބަތް ހޫނުކޮށް ހުއްޓާ އަނގަ ފިހިދާނެތީ އުކާލާ ގޮތަށް އޮންނަ ކަމެއް ނޫނެވެ. މާނަ އަކީ ފިރިމީހާ ނޫނީ އަނބީމީހާގެ ފަރާތުން އެތައް އަނިޔާއެއް ލިބުން ނަމަވެސް ޖެހޭނީ ކެތްކުރާށެވެ.

ވެޓިކަންސިޓީގެ ކޮންމެ 19 މީހަކީ ގޭތެރޭގެ ހަމަނުޖެހުމުން ސަލާމަތްވާން ބޭނުންވެފައިވާ ނަމަވެސް އެކަން ތަހައްމަލްކުރަން މަޖުބޫރުވެފައިވާ ބައެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންހިންގަމުން އަންނަ ގޮތަށް، އެއްފަހަރަަށް ވުރެ ގިނައިން ގެވެށި އަނިޔާގެ ޝިިކާރައަކަށް އަންހެން މީހުންނަށް ކުރިމަތިލާން ޖެހިދާނެ އެވެ. ކުދިން ކުރިމަތީ އަނިޔާކުރި ނަމަވެސް އެމީހުން އެހީ ހޯދާ އެކަމުން މިންޖުވާން ދާނެ ވަކި ތަނެއް ނޯވެ އެވެ.

ފިލިޕންސްގެ ގިނަ އާއިލާތަކަކީ ފަގީރުން ކަމުގައިވާތީ އާއި އެކު ކޯޓް މަރުހަލާގައި ދައްކަންޖެހޭ ފައިސާ ގިނަ ކަމުން ވަރި ނުކޮށް ތިބެނީ އެވެ. މި އުގަމުގެ ކޮންމެ 10 އާއިލައަކުން ދެ އާއިލާގެ މީހުންނަކީ ތިން އިރު ކޮއްތު ނުލިބޭ މީހުންނެވެ. އަދި ކޮންމެ 10 އާއިލާއަކުން އެއް އާއިލާއަށް ދުވާލު އެެއްފަހަރުވެސް ކާނެ އެއްޗެއް ނުލިބި ތިބެންޖެހޭ ފަހަރު އާދެ އެވެ.