އިސްލާމިކް މިނިސްޓްރީ

ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ: އިސްލާމިކް މިނިސްޓްރީ

Apr 25, 2022

މޫސުން ތަންދޭނަމަ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގަ އެވެ. އަދި ވިލިމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގަ އެވެ.

އީދު ނަމާދަށް ބޮޑު ޖަމާއަތަށް ދާ މީހުން ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ސަމާލުކަން ދޭންވީ ކަންކަން

  • ގެއިން ވުޟޫކޮށްގެން ދިއުން
  • އަމިއްލަ މުސައްލައެއް ގެންދިއުން
  • އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ނިންމި ނަމަވެސް އެ ދުވަހު މޫސުން ތަންނުދޭނަމަ އީދު ނަމާދު ކުރުން ކުރިއަށްދާނީ މިސްކިތްތަކުގައި ކަމަށެވެ.