ވެމްކޯ

ވެމްކޯއިން ކުނިކެހުމުގެ ވަޒީފާއަށް 50 މީހަކު ހޯދަނީ

ވެމްކޯއަށް ކުނިކަހާނެ 50 މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ވެމްކޯއަށް ކުނިކަހާ މީހުން ބޭނުންވާ ކަމަށެވެ. އެއީ ހުޅުމާލެ ކަހާ ސާފު ކުރުމުގެ މަސައްކަތަށެވެ.

އެ މަގާމަށް ހޮވޭ މީހުންނަށް 8،000 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.

މަގާމަށް އެދި ހުށައަޅާ ފޯމް އަދި ލިޔެކިޔުންތައް ބަލައިގަންނާނީ މއ. ޖަންބުގަސްދޮށުގެ ދެވަނަ ފަންގިފިލާއިންނެވެ.

އެ ކުންފުނިން ބުނީ މި އިއުލާނުގެ ދަށުން ބަލައިގަންނާނީ އެންމެ ފުރަތަމަ ހުށައަޅާ 100 ފޯމް ކަމަށެވެ. ފޯމް ބަލައިގަންނާނީ ހެނދުނު 9 ބަޔަކުން މެންދުރު އެކަކަށެވެ.

ވެމްކޯ އިން ގެންދަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ކުނީގެ ކަންތައް މެނޭޖް ކުރަމުންނެވެ. ކުނި ކެހުމާއި ގޭގެއިން ކުނި އުކާލުމުގެ ހިދުމަތް އެ ކުންފުނިން ދެމެއެވެ.