އުރީދޫ

ނަލަނަލަ ރާއްޖެ ކޮންޓެސްޓުގެ ޕާޓްނަރަކަށް އުރީދޫ

Apr 28, 2022

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ނަލަނަލަ ރާއްޖެ" ސޯޝަލް މީޑިއާ ކޮންޓެސްޓުގެ އެސޯސިއޭޓެޑް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއި އުރީދޫން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނީ ލިޕްސިންކް ކުރާ ގޮތަށް ކުރިއަށް ގެންދާ މި ސޯޝަލްމީޑިއާގައި ކުރިއަށް ގެންދާ މިވީޑިއޯ ކޮންޓެސްޓުން މޮޅުވާ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖުތަކާއި އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭނެ އެވެ.

ދިވެހިންނާއި ބޭރު މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް މި މުބާރާތް އުރީދޫއާ ގުޅިގެން ހުޅުވާލުމާއެކު އެ ކުންފުނިން ދުނިޔޭގައި ހިދުމަތްދޭ 10 ގައުމެއްގެ 117 މިލިއަން މީހުންނަށް މި މުބާރާތް ފޯރައިގެންދާނެ އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޖެހޭނީ ނަލަނަލަ ރާއްޖެ ކެމްޕޭންގެ ތީމް ލަވަ އަޑުދަށުން ކިޔައި ލިޕްސިންކް ކުރުމަށްފަހު ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާށެވެ. މިގޮތުން އިންސްޓަގްރާމް އާއި އެފްބީ އަދި ޓިކްޓޮކުން މި މުބާރާތުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ހޭޝްޓެގް ބޭނުންކޮށްގެންނެވެ.

މި މުބާރާތުގެ ވަނަތައް ހޮވާނީ ދިވެހިންނާއި ބޭރު މީހުން ވަކިންނެވެ. މުބާރާތުގެ އެއްވަނައަށްދާ ދިވެހި ނަސީބުވެރިއަކަށް 25،000ރ.އާ އެކު އުރީދޫ މައިފައިއެއް -- ޑިވައިސްއެއް ލިބިގެންދާނެ އެވެ. އަދި ބޭރު މީހުންނަށް ހޮލިޑޭ ޕެކޭޖެއްގެ އިތުރުން މައިފައިއެއް ލިބޭނެ އެވެ.

"ނަލަނަލަ ރާއްޖެ" ވީޑިއޯ ލިޕްސިންކް މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.