ލުނބޯ ފެނަކީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ބުއިމަކަށްވާއިރު މި ފެނުގައި އެއްވެސް ފައިދާއެއް އެކުލެވޭބާވައެެވެ؟ މިއީ މިހާރަކަށް އައިސް ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ! ހީވާގޮތުގައި އެންމެން ވެސް ކުރަނީ ތަހުލީލެކެވެ. ހުސްފުޅިއަކަށް ލުނބޯ ފިތާފަ އޭގެތެރެއަށް ހޫނު ނޫނީ ފިނިފެން އަޅައިން ބުއިމަކީ މޫސުމީ ކަމެކޭ ވެސް ބުނެވިދާނެ އެވެ. މިކަމުން ސިއްހަތައް އެއްވެސް ބަދަލެއް އާދޭ ހެއްޔެވެ؟
ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި މިކަމުން ގިނަ ފައިދާތަކެއް ކުރެއެވެ. އެއީ، ހަޖަމްގެ ނިޒާމް ރަނގަޅު ކޮށްލުމާއި ހަށިގަނޑުގެ ބަރުދަން ލުއި ކޮށްދިނުމުގެ އިތުރުން ހަންގަޑު އަލިކޮށްދިނުމެވެ. އަދި ލޭގެ ޕްރެޝަރު ދައްކޮށްލުމާއި ދިފާއީ ނިޒާމުގެ މައްސަލަތަކަށް ހައްލު ގެނުވައި އެލާޖީގެ ބަލިތަކުން ސަލާމަތްކޮށް ދެއެވެ.
ލުނބޯ ފެން ބޭނުން ކުރުމުގެ އެކި ފައިދާތައް ލިޔެފައި ހުރެ އެވެ. އާންމު ދިރިއުޅުމުގައި ގިނަ މީހުން ދުވާލުގެ ފުރަތަމަ ބުއިމަކަށް ކޮފީ ނޫނީ ސައިގެ ބަދަލުގައި މި ބުއިން ބޭނުން ކުރެއެވެ. ގިނައިން ފެންބުއިމުން ހަށިގަނޑު ތާޒާކަންމަތީ ބަހައްޓައިދެއެވެ. އަދި ހަންގަޑުގައި ރޫޖެހުމުން ދުރު ކޮށްލައި ދެއެވެ. ފެނުގެ ތެރެއަށް ލުބޯ އެއްކޮށްލުމުން އިތުރު ތާޒާކަމެއް ލިބެ އެވެ.
ލުނބޯ ފެނުން ބޭ ބައެއްފައިދާތައް
ލުނބޯ ފެނުން ހަޖަމްގެ ނިޒާމަށް ފައިދާ ކުރުވަ އެވެ. ކުޅިކޮށް ކެއުމުން ބައެއް މީހުންނަށް ދިމާވާ މޭ އެންދުމާއި ބަނޑުގައި ރިހުން ފަދަ ކަންކަމުން ދުރުކޮށްލައި ދެއެވެ. ކައި ނިމިގެން ލުނބޯ ފަނި ނުވަތަ ލުނބޯ ފެންތައްޓެއް ބޯލާށެވެ. ހަފުތާއެއްގެ ތެރެގައި ބަދަލުފެނިގެން ދާނެއެވެ.
ލުނބޯ ފެނުން ބަރުދަން ލުއިކޮށްލައި ދެއެވެ. ކޮންމެ ދުވަހަކުވެސް ލުނބޯ ފެންތައްޓެއް ބޯލުމުން ހަށިގަނޑުގައި އުފެދޭ ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލްކޮށްލަ އެވެ. އަދި ބަރުދަން އެއްމިންގަޑެއްގައި ހިފެހެއްޓުމަށް އެހީތެރި ވެދެއެވެ. ދިފާއި ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިން ސީ އެކުލެވެއެވެ. އެހެންވު ރޯގާ އާއި ކެއްސުމާއި އެކި އިންފެކްޝަންތަކުން ދުރުކޮށް ދެއެވެ.
މީގެ އިތުރުން ލުނބޯގައި ހިމެނޭ މިނަރަލްސްތައް ކަމަށްވާ ކެލްސިއަމް އަދި ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ދައްކޮށްލައި ދެއެވެ. އަދި ގައިގެ ހަން އަލިކޮށްދެ އެވެ