ކާނާ

ތެލުލި ކުކުޅާ އެކު ބޭނުންކުރަން މީރު ސޯސްތަކެއް

ދިވެހިންގެ ސުފުރާމަތިން ކުކުޅުގެ ބާވަތެއް ފެންނަން ނެތިއްޔާ ބައެއް މީހުންނަށް ސުފުރާ ފުރިހަމައެއް ނުވެ އެވެ. މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުންތަކުގައި ކުކުޅުގެ ބާވަތެއް ނެތިއްޔާ ކެއުމަށް ދަތިވާ މީހުން ވެސް އުޅެ އެވެ. ކުކުޅު ރިހަައާއި ރޯސްޓް ކޮށްފަ އާއި ގްރިލް ކޮށްފައި ހުންނަ ކުކުޅު ހެޔޮ އަގެއްގައި ބޭރުތެރެއިން ގަންނަން ލިބުމަކީ ފައިދާއެކެވެ. ހައްސާކޮށް ބިޒީ ދުވަސްތަކުގައި ލިބޭ ހިތްހަމަޖެހުމެކެވެ.

ބޭރުން ގެންނަ ކުކުޅު އިތުރަށް މީރުކޮށްލުމަށް ހަތަރު ވައްތަރެއްގެ ސޯސްގަނޑެއް ތައްޔާރުކޮށްލެވިދާނެ އެވެ.

ސޯސް ހެދުމަށް ބޭނުންވާނެ ތަކެތި އަދި ތައްޔާރުކުރާނެ ގޮތް

3/4 ޖޯޑު ސްވީޓް ޗިލީ ސޯސް
(ކުކުޅު ކޮޅު އެއްކޮށްލުމަށްފަހު މަޑުގިނީގައި ފަސް މިނެޓް ވަންދެން ކައްކާލާށެވެ.)

1/4 ޖޯޑު ސްރިރާޗާ
1/4 ޖޯޑު ބްރައުން ޝުގާ
2 ސައިސަމްސާ ސޯޔާސޯސް
2 ސައިސަމްސާ ބަޓަރު
(ހުރިހާ އެއްޗެއް އެެއްކޮށްލުމަށްފަހު ދެ މިނެޓް ވަންދެންނ ސޯސްގަނޑު ކައްކަލާށެވެ. އަދި ކުކުޅުކޮޅު އެއްކޮށްލަމުން ތިން މިނެޓް ވަންދެން ކައްކާލަށެވެ.)

1/4 ޖޯޑު ބަޓަރު
ހަ ކަރަންފޫ އަދި ހަ ލޮނުމެދު މުގުރާފައި
1/4 ޖޯޑު ޕަމެސަންޗީޒް
(ދެ މިނެޓް ވަންދެން ހުރިހާ އެއްޗެއް މަޑުގިނީގައި ކައްކާލުމަށްފަހު ކުކުޅުކޮޅު އެއްކޮށްލާށެވެ. އަދި މިނެޓެއް ވަންދެން ކުކުޅާއި އެކު ކައްކާލާށެވެ.

ދެ ސައިސަމްސާ ވިނެގާ
ދެ ސައިސަމްސާ ސޮއިސޯސް
ހަތަރު ސައިސަމްސާ ފެން
އެއް ސައިސަމްސާ ލޮނުމެދު މުގުރާފައި
(ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު މަޑުގިނީގައި ކައްކަލާށެވެ. އެއަށްފަހު ކުކުކޮޅު އެއްކޮށްލާފައި ފަސް މިނެޓް ވަނދެން އަނެއްކާވެސް މަޑުގިނީގައި ކައްކާލާށެޥެ)