އިސްލާމިކް މިނިސްޓްރީ

އިހްޔާ ފޯރަމުން ދެ މީހަކަށް އުމްރާ ދަތުރު

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމަށް ކުރިއަށްގެންދިޔަ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ދިޔަ މީހުންގެ ނަންތައް އިއުލާނުކޮށްފި އެވެ.

ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި އަހަރުގެ ފަހު ފޯރަމްގައި ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވަނަ އަށް ދިޔަ ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އަތޮޅުތަކާއި މާލެ ވަކިން ނެގި މި ގުރުއަތުން ވަނަތަކަށް ދިޔަ ދެ މީހަކަށް ވަނީ އުމްރާ ދަތުރެއް ދީފައެވެ. މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ސްޕޮންސާ ކޮށްފައިވާ ދެ ދަތުރެވެ.

ދެވަނަ އަށް ހޮވުނު ދެ ބައިވެރިންނަށް ދީފައިވަނީ ސަމްސަން ގެލެކްސީ އެސް22 ޕްލަސް ފޯނެކެވެ. އެ އިނާމް ހުށައެޅީ ދިރާގުންނެވެ.

ތިންވަނައަށް ހޮވުނު ދެ ބައިވެރިންނަށް ދީފައިވަނީ އެންމެ ފަހުގެ 65 އިންޗީގެ ޓީވީއެކެވެ. މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) ގެ ސްޕޮންސާޝިޕެކެވެ.