ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބެލުން ވަރަށް މުހިންމު: ނަޝީދު

އިންޑިއާ ކަނޑުގެ ހޫނުމިން ދަނީ އިންތިހާއަށް މަތިވަމުން ކަމަށާ ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިންޑިއާގައި މިވަގުތު ހުންނެވި ކުރީގެ ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ހޫނުމިން ދަނީ އިންތިހާއަށް މަތިވަމުން ކަމަށެވެ. ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނު މިން ބަލަމުން ގެންދިއުން ވަރަށް މުހިންމު ކަަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަރުތަކަށް ވާނެ ގޮތަކާމެދު ފިކުރު ކުރަން ޖެހޭނެ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ހޫނުމިން މިދަނީ އިންތިހާއަށް މަތިވަމުން. ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުން ވަރަށް މުހިންމު. ފަރުތަކަށް ވާނެ ގޮތަކާމެދު ފިކުރު ކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ތިމާވެށީގެ ހިމާޔަތުގައި ވަރަށް ގިނައިން އަޑުއުފުއްލަވާ ބޭފުޅެކެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ނަމަވެސް ނިމިގެން ދިޔައީ ވަރަށް ހޫނު ގަދަ ދުވަސްތަކެކެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަވެސް ދެމިގެން ނުދާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.