ބޮލީވުޑް

ސަޗިން ޓެންޑުލްކަރްގެ ދަރިފުޅު ސާރާ ފިލްމު ކުޅެން ޝައުގުވެރިވޭ!

އިންޑިއާގެ ކްރިކެޓް ޝަޙްސިއްޔަތު ސަޗިން ޓެންޑުލްކަރްގެ އަންހެންދަރިފުޅު ސާރާ އަށް ސޯޝަލް މީޑީއާގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް މިހާރު ވެސް ވަނީ ލިބިފަ އެވެ. ސާރާ މަޝްހޫރުވީ އޭނާގެ ރީތިކަމުންނެވެ. ސާރާ އިންސްޓަގްރާމްގައި ޝެއާކުރާ ފޮޓޯތަކަށް ބޮޑު ތަރުހީބެއް އޭނާގެ ފޭނުން ދެމުން ގެންދެ އެވެ. އޭނާގެ ސްޓައިލް އާއި ފަރިކަމަށެވެ.

ޑިސެމްބަރު 2021 ގައި ސާރާ ވަނީ މޮޑެލް އެއްގެ ގޮތުގައި ތައާރަފްވެފަ އެވެ. އަދި ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މިހާރު ގެންދަނީ ބޮލީވުޑް ދަތުރު ފަށަން ތައްޔާރު ވަމުންނެވެ.

ފިލްމީ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ސާރާގެ ގާތް މީހަކު ބުނެފައިވަނީ އެކްޓްކުރުމުގެ ޝައުގުވެރިކަން ސާރާގެ އެބަހުރި ކަމަށެވެ. އަދި އެކްޓިންގެ ރޮނގުން ތަމްރީނު ހޯދަމުންދާ ކަމަށެވެ. މިހާރުވެސް ބައެއް ބްރޭންޑްތަކުގެ އިޝްތިހާރުތައް ސާރާ ކުޅެމުންދާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

މިހާތަނަށް އާންމުގެ ތެރެއިން އެހާ ގިނައިން ނުފެންނަ ސާރާ ކުއްލިއަކަށް ފިލްމެއް އިއުލާން ކޮށްފާނެ ކަމަށް ބެލެވޭއިރު ސާރާ އަކީ އެކްޓިން ހުނަރު ވަރަށް ރަނގަޅަށް ލިބިފައިވާ ބަތަލާއެއް ކަމަށް ވެއެވެ. އަދި އެކްޓިންގެ ރޮނގުން ކުރިޔަށް ދިއުމުގައި ސާރާއަށް އޭނާގެ މައިންބަފައިންގެ ފުރިހަމަ ތާއީދު އޮތްކަމަށް ވެއެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ސާރާ މޮޑެލްކުރަން ފެށުން ފާހަގަ ކުރީ ބަތަލާ ބެނީތާ ސިންދޫ އާއި ތާނިއާ ޝްރޮފް އާއެކު ކުޅެފައިވާ އިޝްތިހާރަކުންނެވެ. އެ އިޝްތިހާރުން ވެސް ސާރާގެ އާދަޔާޚިލާފު ރީތިކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

ސާރާ އަކީ ޔުނިވަސިޓީ ކޮލެޖު ލަންޑަނުން ގްރެޖުއޭޓް ވެފައިވާ ކުއްޖެއް ވެސް މެއެވެ.