ބޮލީވުޑް

އަތިޔާ އާއި ރާހޫލް – މިހާރު ދެމަފިރިން

އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހޫލް އާއި ބަތަލާ އަތިޔާ ޝެޓީ ކައިވެނިކޮށްފި އެވެ. ކުރީގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާގެ ކައިވެނި އޮތީ ކަންޑާލާގައި ހުރި ސުނީލްގެ ފާމް ހައުސް އެއްގަ އެވެ.

ދަރިފުޅުގެ ކައިވެނީގެ އުފަލުގައި ސުނީލް ވަނީ ކައިވެނި ކަވަރު ކުރަން ދިޔަ ނޫސްވެރިންނާއި އެ މަންޒަރު ބަލަން އެއްވި އާއްމުންގެ ގިނަ ބަޔަކަށް މެޓާ ބަހާފަ އެވެ.

ސުނިލް ބުނި ގޮތުގައި ކައިވެނީގެ ރިސެޕްޝަން ކަނޑައެޅިފައި އޮތް ތާރީހަށް ވުރެ ލަސް ކޮށްލަން އެމީހުން ވަނީ ނިންމާފަ އެވެ. ސަބަބަކީ އިންޑިއަން ޕްރެމިއާ ލީގު (އައިޕީއެލް)ގައި ކުޅެން ރާހޫލް ދާން ޖެހޭތީ އެވެ
.
އަތިޔާ އާއި ރާހޫލް ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުންނެވެ.

ކައިވެންޏަށްފަހު ނޫސްވެރިން ކައިރީ ސުނިލް ބުނީ ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި މިހާރު އޭނާއަކީ ރަސްމީކޮށް "ބަފާބެއެއް" ކަމަށެވެ.