ޒަކާތް

ޒަކާތުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ލިބިއްޖެ

އިއްޔެގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 7,111,354 ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ދައްކާފައިވަނީ 159,290 މީހުން ކަމަށެވެ.

މާލޭ ސިޓީގެ ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ މީހުންގެ އެކައުންޓްތަކަށް އިއްޔެ ވަނީ ޖަމާކޮށްފައެވެ. ފައިސާ ޖަމާނުކުރެވިވާ ދެ މީހުންނަކީ އެކައުންޓް ނެތް އަދި ނުގުޅޭ ދެ މީހުން ކަމަށް ބުންޏެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު އިއްޔެ ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 1187.85 ކިލޯއެވެ.

ގޮވާމުން ޒަކާތް ދައްކާފައިވަނީ 3938 މީހުންނެވެ.

މާދަމާއަކީ ފިޠުރު ޢީދު ދުވަހަށް ވާތީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީއެޗްއެސްއީ ގެ ހޯލުގައެވެ.