އަބްދުﷲ ޝާހިދު

އޯގާތެރިވެ ދީލަތިވުމުގައި ދެމި ތިބުމަށް މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

ރޯދަ މަސް ނިމުނުކަމުގައިވީ ނަމަވެސް މީހުންނާމެދު އޯގާތެރިވެ ހަމްދަރުދީވެ ދީލަތިވުން މަތީ ދެމިތިބުމަށް ފޮރިން މިނިސްޓަރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ނޢޢވ) ފިޠުރު ޢީދުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގައި ދެމިތިބުމަށެވެ. ފިތުރު އީދަކީ އުފާފާޅުކޮށް، އެކުވެރިކަން އާލާކުރުމަށް މުސްލިމް މުޖްތަމައަށް ލިބޭ ފުރުސަތަކަށް ވީހިނދި ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ފަގީރުކަންފަދަ ކަންތައްތަކާމެދު ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އަދި އިހއސާންތެރިކަމާއި އޯގާތެރިކަމާއި ސުލްޙަފަދަ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ހޯދުމަށް މަގު ހޯދުމަށް އެދިވަޑައިގަތެވެ.