ރާއްޖެ ކުޅިވަރު

ބައިބަލާ މުބާރާތް ފެށުން ފަސްކޮށްފި

ބައިބަލާ މުބާރާތުގެ ތެރެއިން: މުބާރާތް ފެށުން ވަނީ ފަސްކޮށްފައި -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
40%
20%
40%

މި އަހަރުގެ ބައި ބަލާ މުބާރާތް ވަޅު އީދު ދުވަހު - މާދަމާ - ފެށުމަށް ނިންމި ނިންމުން ބަދަލުކޮށް މުބާރާތް ފެށުން ފަސްކޮށްފި އެވެ.

މި އަހަރުގެ މުބާރާތް ފަސް ކުރީ ދިވެހި ފުލުހުންގެ ހިދުމަތުން އެކަމަަށް އެދިގެން ކަމަަށް އެނގިފައިވެއެވެ. ފުލުހުން އެކަމަށް އެދުނީ ރޭ ފަތިހު އަދި މިއަދު ހެނދުނު މާލެ ސިޓީގައި ހިނގި މާރާމާރީތަކާ ގުޅިގެން ކަމަށްވެސް އެނގިފައިވެއެވެ.

މުބާރާތް ފަސްކުރަން ނިންމީ ބައިބަލާ އެސޯސިއޭޝަންއާ ފުލުހުންނާ އެކު ދެންމެ ބޭއްވި ބައްދަލްވުމަށް ފަހު އެވެ. އެކަން އެ ދެ ފަރާތުގެ އިސް ބޭފުޅަކު ޔަގީން ކޮށްދިނެވެ. ނަމަވެސް ދެ ފަރާތުން ވެސް ރަސްމީ ކޮމެންޓެއް ނުދެއެވެ.

ބައިބަލާ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ސްޓޭޓްމަންޓެއް ނެރެން ތައްޔާރުވަމުންދާ ކަމަށެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބައިބަލާ މުބާރާތް ބާއްވަނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖް" ނަމުގައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީ އެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މި އަހަރުގެ މުބާރާތުގައި 34 ޓީމް ވާދަކުރާނެ ކަމަށެވެ. ޖުމްލަ 1،000 ކުޅުންތެރިން ފެންނާނެ އެވެ.

މުބާރާތް ކުރިއަށް ދާނީ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ދޮންގަނޑު ބީޗްގައެވެ.

ފިތުރު އީދާ ގުޅިގެން ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ބައިބަލާ މުބާރާތެވެ. މުބާރާތަށް ޓީމުތަކުން ދަނީ ފޯރީގައި ފަރިތަކުރަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ބައިބަލާ ޕިޗްތައް ތައްޔާރުކޮށް ޓީމުތަކުން ޕްރެކްޓިސް ކުރާތާ ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބައިބަލާ

މާރާމާރީގެ ފެށުން

އެނެލިސްޓް

ގޭންގުތަކުގައި އުޅޭ މީހުން އެނގޭ ޖަހާ ސަކަރާތް އެނގޭ. އެކަމު ދިވެހި ފުލުހުންނަށާ ދިވެހި އަންހެން ކުދިންނަށް އެކަންކަން ފެންނަކަމަށް އެނގޭކަމަކަށް ނުވޭ

ޒިކްޒިކް

ތިޔަ ޕާޓޭން ކުޅޭ އެއް.. ގޭންގުތައް ރުއްސަން ބާއްވާ ބޭކާރު މުބާރާތެއް..އެހެންމެ ތިޔަ ނުބަލަނީވެސް މިހާރު

ޙަބީބު.

އިލާހީ ގާނޫނައް އަ މަލު ނުކުރާތާކު އޮތީ ނާ މާންކަ މާ ބިރުވެރިކަން ތަޅާފޮޅު މާ ކަތިލުން މިފެންނަނީ އެކަ މުގެ ހެކި

ސަލީމް

ތީ ހުރިހާ ވެސް ސިލްސިލާ މާރާމާރީ ތަކުގެ އަސްލު! ކޮންމެ ފަހަރަކު ތިމުބާރާތް ނިމުމާއެކު ސިލްސިލާ މާރާމާރީ ތަކެއް ފެށިގެންދޭ. ވަރަށް ވެސް ރަގަޅު ނިންމުމެއް.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910